logo
Bank of Maldives

Bank of Maldives

ޚަބަރު

ދާރުއްސަލާމް ވަޤްފު އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

އާމިނަތު ޝަފާ
21 އޮކްޓޯބަރު 2025 - 04:45
ދާރުއްސަލާމް ވަޤްފު އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު އިމާރާތް- ދާރުއްސަލާމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މި އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން ފުރަތަމަ އިޢުލާންކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ބިލްޑް އެންޑް މެއިންޓެނެންސް އުޞޫލުން "ދާރުއްސަލާމް" ޢިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 16:00 ޖެހުމުގެ ކުރިން ބީލަމުގައި ބައިވެރިވާން އެދޭ ކުންފުނިތަކުން ރަޖިސްޓްރީކުރަންޖެހޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ޖަހާއިރުކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދާރުލް ސަލާމް ވަޤުފް އިމާރާތަކީ މި ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މި މަޝްރޫޢު ނިމުމާއެކު ދީނީ ކަންތައްތަކަށް ހޭދަކުރުމަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

މިހާރު ރާއްޖޭގައި ހުރި ހަމައެކަނި ވަޤުފު އިމާރާތަކީ މާލޭގައި ތަރައްޤީކޮށްފައިވާ "ދާރުލް އީމާން" އެވެ. މި އިމާރާތުން އަހަރަކު ހަ މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބެއެވެ.

މީގެ އިތުރުން އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫޢުތަކެއް ފައްޓަވަން ރައީސް ނިންމަވާފައިވާކަން ވުޒާރައިން ވަނި ހާމަކުރައްވާފައެވެ. މިގޮތުން އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި ސިޓީގައި 10 މިލިއަން، ތިނަދޫގައި 10 މިލިއަން އަދި ވިލިނގިލީގައި 10 މިލިއަން ވަޤުފު އުފައްދަން އިންވެސްޓްކުރެވިގެންދާނެކަމަށް ވުޒާރާއިން ބުނެއެވެ.

މި އިމާރާތްތަކުން ލިބޭ ނަފާ ޚަރަދު ކުރެވިގެންދާނީ އެސިޓީތަކުގެ އިސްލާމީ ކަންކަމަށްކަމަށާއި އެގޮތުން މި އާއްމުދަނީ މިސްކިތައް ބިނާކުރުމަށާއި ޤުރުއާނުގެ އިލްމު ފެތުރުމަށް ހަރަދުކުރެވިގެންދާނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. މި ހުރިހައި މަޝްރޫޢެއްގެ އަމަލީ މަސައްކަތް ލަސްވެގެން ޖަނަވަނީ މަހުގައި ފެށިގެންދާނެކަމަށްވެސް ވުޒާރާއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖުވެރިން ސިއްހީގޮތުން ސަމާލުކަންދޭވީ ކަންކަން ސައުދީން އަންގައިފިޚަބަރު | ދުވަހެއް ކުރިންދާރުއްސަލާމް ވަޤްފު އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީޚަބަރު | ދުވަހެއް ކުރިންފުވައްމުލަކުގައި އިމާމުންނާއި ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފަށައިފިޚަބަރު | 6 ދުވަސް ކުރިންފޯކައިދޫގައި އަލަށް އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި ޚަބަރު | 8 ދުވަސް ކުރިން