ވ. ފުލިދޫއާއި ތިނަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
19 ސެޕްޓެމްބަރު 2025 - 17:31

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ވ. ފުލިދޫއާއި ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެ ދެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad by Hajj Corporation
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއަދު ތައާރަފުކުރި ދެ އޭޓީއެމްއާއެކު މިހާރު ވ. އަތޮޅުގެ ފުލިދޫ، ތިނަދޫ، ކެޔޮދޫގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ލިބެން ހުންނާނެކަމަށެވެ.
އަދި ފެލިދޫގައި ގާއިމުކޮށްފައިވާ ބްރާންޗުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެކަމަށާއި، ވ. ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އަތޮޅުގެ ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި ބީއެމްއެލް އަށް ހާސިލުކުރެވުނީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިއަދު ތައާރަފުކުރި ދެ އޭޓީއެމްއާއެކު މިހާރު ވ. އަތޮޅުގެ ފުލިދޫ، ތިނަދޫ، ކެޔޮދޫގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ލިބެން ހުންނާނެ. އަދި ފެލިދޫގައި ގާއިމުކޮށްފައިވާ ބްރާންޗުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެ. ވ. ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު އަޅުގަނޑުމެން ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އަތޮޅުގެ ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ބީއެމްއެލް އިން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 165 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 224 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.