logo
Bank of Maldives

Bank of Maldives

ޚަބަރު

ފ. އަތޮޅުގެ ހުރިހައި ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

އައިޝަތު ނަޝާ
21 ސެޕްޓެމްބަރު 2025 - 07:10
ފ. އަތޮޅުގެ ހުރިހައި ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސްއިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ފ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

އަތޮޅުތަކުގެ ރައްޔިތުން ބޭންކިންގެ ޚިދުމަތް ހޯދަން އެ އަތޮޅުގެ ވެރިރަށް ނުވަތަ އެކަމަށް ހާއްސަކުރެވިފައިވާ ރަށަކަށް ދިޔުންވެފައިވަނީ ބޮޑު ތަކުލީފަކަށެވެ. ރައްޔިތުން ދެކެމުންއައި ހުވަފެނަކީ އަމިއްލަ ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ދުވަހަކަށެވެ. ރައްޔިތުންގެ މި ތަކުލީފުތަކަށް ލުއި ހޯދައިދެއްވާ އަމިއްލަ ރަށުގައި ހުރެގެން ބޭންކިންގެ ޙިދުމަތް ހޯދާދެއްވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް"ގެ ނަމުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާއްސަ މަޝްރޫޢެއް ފަށްޓަވާފައެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މިހާރު ވަނީ އޭޓީއެމް ގާއިމްކޮށް ނިންމާފައެވެ. މިއީ ހުރިހައި ރަށެއްގައި އޭޓީއެމް ގާއިމްކުރި 13 ވަނަ އަތޮޅެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައިވާ އަތޮޅުތަކަކީ ފ. އަތޮޅު، ވ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، އއ. އަތޮޅު ހއ. އަތޮޅާއި، ހދ އަތޮޅު، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަދި ބ. އަތޮޅެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތ. ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންދަރިންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ އިސްލާމްދީން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންތ. ވިލުފުށީ ބިން ހިއްކުމާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިން