logo
Bank of Maldives

Bank of Maldives

ޚަބަރު

ތ. ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

އައިމިނަތު މޫސާ
24 ސެޕްޓެމްބަރު 2025 - 05:53
ތ. ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ވިލުފުށީ ހޮސްޕިޓަލުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތ.އަތޮޅަަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާއި، މެންބަރާއި ކައުންސިލް ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ވިލުފުށީގައި އިމާރާތްކުރާ ހޮސްޕިޓަލުގައި 7147 އަކަފޫޓުގެ އެކޮމޮޑޭޝަން ބޮލްކަކާއި 2563 އަކަފޫޓުގެ ސަރވިސް ސެބްޓަރަކާއި، 76،175 އަކަފޫޓުގެ ހެލްތު ސެންޓަރ ބްލޮކެއް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއަކީ 105.13 މިލިއަން ރުފިޔާއަށް 18 މަސްދުވަހުގެ ތެރޭގައި ނިންމަށް އެމްޓީސީސީއާ ހަވަލުކުރެވުނު މަޝްރޫއެކެވެ.

ވިލުފުށީ ހޮސްޕިޓަލް މަޝްރޫއޫއާ ގުޅިގެން ރައީސް ވިދާޅުވީ މިފެށޭ ހޮސްޕިޓަލުގެ މަޝްރޫއިން ވިލުފުށީ ރައްޔިތުންނާއި އަދި މި ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ސިއްހީ ދާއިރާއިން ލިބިގެންދާނެ ކަމަށެވެ.

ހޮސްޕިޓަލު އެޅުމާއި ހަމައަށް ވެސް މިހާރު ހިދުމަތް ދެމުންދާ ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިލުފުށީ ސިއްހީ މަރުކަޒުގެ ޖާގަ ހުރި މިންވަރުން ސިއްހީ ވަސީލަތްތައް އިތުރު ކޮށް މުވައްޒަފުން އިތުރު ކޮށް، ޑޮކްޓަރުން އިތުރުކޮށް ކުރިއަށް މި އޮތް 18 މަސްދުވަހުގެ ތެރޭގައި ވެސް ރަނގަޅު ސިއްހީ ހިދުމަތް ތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ވިންދަން ފަސްޖެހުމެއްނެތް ޚިދުމަތްތަކުގެ އައު ބާބެއްރިޕޯޓް | ދުވަހެއް ކުރިންމެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އުފެއްދި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް!ޚަބަރު | 2 ދުވަސް ކުރިން "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އުފައްދަވައިފިޚަބަރު | 2 ދުވަސް ކުރިން "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދައިފިޚަބަރު | 2 ދުވަސް ކުރިން