logo
MPL

MPL

ޚަބަރު

ރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެދިއްޖެ

އައިޝަތު އީމާން ރަޝީދު
10 ނޮވެމްބަރު 2026 - 13:37
ރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެދިއްޖެ

ރާއްޖޭގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރޭ މިންވަރު މަތިވަމުންދާތީ، އެކަމުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، 2 ދުވަހަށްވުރެ ގިނަ ދުވަހަށް ހުންއައުން ނުވަތަ ބަލީގެ އަލާމާތްތައް ގޯސްވަމުންދާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ވަނީ އެދިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާއްސަކޮށް އުމުރުން 6 އަހަރާއި 8 އަހަރާ ދެމެދުގެ ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، 65 އަހަރުން މަތީގެ މީހުންގެ އިތުރުން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާހޯދާ ފަރާތްތަކަކީ މިފަދަ ރޯގާތަކުގެ ސަބަބުން ނުރައްކާތެރި ހާލަތްތަކަށް ހުށަހެޅިދާނެ ފަރާތްތަކެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެފަދަ ފަރާތްތަކުން ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭ އިން އެދިފައިވެ އެވެ.

މީގެ އިތުރުން މުޖުތަމައުގެ ތެރޭގައި ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ކެއްސާއި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށާއި، ސައިބޯނި ލައިގެން ގަވާއިދުން އަތް ދޮވުމުގެ އާދަތައް ހިފެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދުދީފައިވެ އެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީއެންމެ އަވަހަށް މުޖުތަމައުން އެކަހެރިވެ، އެހެން މީހުންނާ ބައްދަލުވުން މަދުކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެދިއްޖެޚަބަރު | ގަޑިއިރެއް ކުރިންހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނައުން މަޖުބޫރުޚަބަރު | މަހެއް ކުރިންހިމަބިހި: މިދިޔަ ހަފްތާ 17 މީހަކު މާލެ ސަރަހައްދުން ފައްސި ވެފައިވޭޚަބަރު | 3 މަސް ކުރިންމާލެ ސަރަހައްދުގައި ހިމަބިހީގެ ކޭސްތައް އަނެއްކާވެސް އިތުރުވަނީޚަބަރު | 5 މަސް ކުރިން