logo
MPL

MPL

ޚަބަރު

ހިމަބިހި: މިދިޔަ ހަފްތާ 17 މީހަކު މާލެ ސަރަހައްދުން ފައްސި ވެފައިވޭ

އައިޝަތު ނަޝާ
25 އޯގަސްޓު 2026 - 13:38
ހިމަބިހި: މިދިޔަ ހަފްތާ 17 މީހަކު މާލެ ސަރަހައްދުން ފައްސި ވެފައިވޭ

ނިމުނު ހަފުތާގައި އަނެއްކާވެސް އިތުރު 17 މީހަކު މާލެ ސަރަހައްދުން ހިމަބިއްސަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަށް ދައްކާގޮތުން، ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ 17 ކޭސް މާލެ ސަރަހައްދުން ފެނިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 243 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި، އަދި މިހާތަނަށް 16،045 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު ހަފުތާ ނޫން އޭގެ ކުރީ ހަފުތާގައި ހިމަބިއްސަށް ފައްސިވެފައި ވަނީ 10 މީހުންނެވެ. އެހެންކަމުން ހިމަބިހި ޖެހުނު މީހުންގެ އަދަދު އަނެއްކާވެސް މިވަނީ އިތުރުވެފައެވެ.

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެކަން ފާހަގަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިމަބިހި: މިދިޔަ ހަފްތާ 17 މީހަކު މާލެ ސަރަހައްދުން ފައްސި ވެފައިވޭޚަބަރު | ގަޑިއިރެއް ކުރިންމާލެ ސަރަހައްދުގައި ހިމަބިހީގެ ކޭސްތައް އަނެއްކާވެސް އިތުރުވަނީޚަބަރު | 2 މަސް ކުރިންމިހާތަނަށް ހިމަބިހީގެ 20 ކޭސް ރިޕޯޓްކޮށްފިޚަބަރު | 2 މަސް ކުރިންބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން، ސަމާލުވޭ!ޚަބަރު | 2 މަސް ކުރިން