logo
Bank of Maldives

Bank of Maldives

ޚަބަރު

މިހާތަނަށް ހިމަބިހީގެ 20 ކޭސް ރިޕޯޓްކޮށްފި

މިހާތަނަށް ހިމަބިހީގެ 20 ކޭސް ރިޕޯޓްކޮށްފި

ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު 5 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށާއި މިއާއެކު މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 20 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ހާމަކުރި ތަފާސްހިސާބަށް ބަލާއިރު، ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށް ވެސް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ޖުމްލަ 489 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި މީގެ ތެރެއިން އެކްޓިވް 88 ކޮންޓްކްޓުން މޮނިޓަރ ކުރަމުން އަންނަކަމަށާއި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޗް.ޕީ.އޭ އިން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނީ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ސަވައިލެންސްގެ މަސައްކަތް މިހާރު ވަނީ ހަރުދަނާކުރެވިފައި ކަމަށާއި ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަތުމަށާއި ރިޕޯޓުކުރުމަށްޓަކައި، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް ގާއިމުކުރެވިފައިވާ ކަމަށް ވެސް ބުނެއެވެ.

މީގެއިތުރުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މިހާތަނަށް 220 ކޮންޓެކްޓުންނަށްވަނީ ވެކްސިން ދެވިފައި ކަމަށް ބުނެއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހިންގާ ޚާއްޞަ ވެކްސިން ކެމްޕޭން ވެސް ފަށާފައިވާ ކަމަށާއި މި ކެމްޕެއިންގެ ތެރެއިން ފުރަތަމަ ޓާގެޓް ގުރޫޕަކީ ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި 18 އަހަރުން ދަށުންގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނުވާކުދިން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ ފުރަންޓްލައިންގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1118 ފަރާތަށް ވެކްސިން ދެވިފައިވާ ކަމަށެވެ. އަދި ހިމަބިއްސަށް އިޖާބަދިނުމަށް ތައްޔާރުވުމާ ގުޅޭ ސާކިއުލާ އަދި ކްލިނިކަލް ގައިޑްލައިންތައް ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ހިއްސާކުރެވިފައިވާ ކަމަށާއި ބައްޔަށް ތައްޔާރުވުމާ ގުޅޭގޮތުން ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ފިޒިކަލް އަދި އޮންލައިން ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންގޮސް، އަދި އިތުރު ސެޝަންތައް ރޭވިފައިވާ ކަމަށް ބުނެއެވެ.

ހަމަމިއާއެކު އެޗް.ޕީ.އޭ ގެ މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުމުގެ މެސެޖުތައް ފޯރުކޮށްދެމުން އަންނަކަމަށާއި   ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް މެދުވެރިކޮށް ބައްޔާ ގުޅޭ ސައްޙަ މަޢުލޫމާތު ފޯރުކޮށްދެމުން އަންނައިރު، ޓާގެޓް ގްރޫޕްތަކަށް (މައިގްރެންޓްސް) އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަންތައް ދަނީ ބާއްވަމުން ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިހާތަނަށް ހިމަބިހީގެ 20 ކޭސް ރިޕޯޓްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން، ސަމާލުވޭ!ޚަބަރު | 10 ގަޑިއިރު ކުރިންޢީދު ބަންދަށް ފަހު ،އާންމު ބަލިތައް ފެތުރޭ މިންވަރު ވަނީ އިތުރުވެފަ!ޚަބަރު | 12 ދުވަސް ކުރިންހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ކެމްޕޭނެއް ފަށަނީޚަބަރު | 17 ދުވަސް ކުރިން