logo
MPL

MPL

ޚަބަރު

ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

ޢައްފާން މުޙައްމަދު
24 ސެޕްޓެމްބަރު 2025 - 05:36
ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

ތ. ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް އިސްލާމީ މަރުކަޒެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައަޅުއްވާ އެކަން އިޢުލާން ކުރެއްވީ ރޭ އެރަށު ރައްޔިތުންނާ ބައްދަލުކުރެއްްވުމަށް ބޭއްވެވި ޖަލްސާގައެވެ. މި ނިންމުން ނިންމަވާ، އެތަނަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރައްވާނެކަން ރައީސުލްޖުމުހޫރިއްޔާ ވަނީ އިޢުލާން ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމުހޫރިއްޔާ ނިންމެވި ނިންމެވުމެއްކަން ފާހަގަކޮށްލެވެއެވެ.

މި މިސްކިތުގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ދަނީ ހިންގަމުންނެވެ. އަދި ޤްރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުންދެއެވެ.

ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. މިއީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ތ. ވިލުފުށީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 8 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގަންނަވަނީޚަބަރު | 9 ގަޑިއިރު ކުރިންފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ސީދާ ބަހަން ސަރުކާރުން އާ ކުންފުންޏެއް ހަދައިފިޚަބަރު | 11 ގަޑިއިރު ކުރިން