logo
Bank of Maldives

Bank of Maldives

ވިޔަފާރި

ވިލުފުށީގައި ބީއެމްއެލް ގެ އޭޓީއެމްއެމްގެ ހިދުމަތް ފަށާ، އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

އައިމިނަތު މޫސާ
24 ސެޕްޓެމްބަރު 2025 - 05:11
ވިލުފުށީގައި ބީއެމްއެލް ގެ އޭޓީއެމްއެމްގެ ހިދުމަތް ފަށާ، އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

ތ. ވިލުފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ފަށާއި، ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިއެވެ.

ތ. ވިލުފުށީގައި ގާއިމްކުރާ ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ވިލުފުށީ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅައި، އެރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، ވިލުފުށީ ދާއިރާގެ މެމްބަރު، އަދި ވިލުފުށީ ކައުންސިލްގެ ރައީސްއެވެ.

ވިލުފުށީގައި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިޚިދުމަތް ފަށްޓަވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ވިލުފުށީގައި ގާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭންކް އޮފް މޯލްޑިވްސް އިން ވިލުފުށީގައި އާ ބްރާންޗެއްގެ ބިންގާ އަޅައި، މުޅި އަތޮޅަށް ދެމުންދާ ބޭންކުގެ ޚިދުމަތްތައް ވަނީ ފުޅާކޮށްފައެވެ. މި އައު ބްރާންޗުން ވިލުފުށީގެ ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތަކަށް ވާސިލުވެވޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއަށް ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކޮށް، ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވިލުފުށީގައި އައު ބްރާންޗެއްގެ ބިންގާ އެޅުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި އައު ބްރާންޗާއި މިއަދު ގާއިމްކުރެވުނު އޭޓީއެމް ޚިދުމަތާއެކު ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވިގެން ދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "މުޅި ރާއްޖެއަށް ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކޮށް، ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވިލުފުށީގައި އައު ބްރާންޗެއްގެ ބިންގާ އެޅުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް. މި އައު ބްރާންޗާއި މިއަދު ގާއިމްކުރެވުނު އޭޓީއެމް ޚިދުމަތާއެކު ފުރިހަމަ ޚިދުމަތެއް މި މުޖުތަމައަށް ގެނެސްދެވިގެންދާނެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 173 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 231 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކް އިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެޕްތަކެއް މަނާކުރުން: ރައްކާތެރި ޑިޖިޓަލް ޖީލެއް ބިނާކުރުމަށް އެޅޭ ބިންގަލެއްރިޕޯޓް | 4 ގަޑިއިރު ކުރިންމަރްހޫމް އާސިފް ގެ އާއިލާއަށް ރައީސް ގެ ތައުޒިޔާޚަބަރު | ދުވަހެއް ކުރިންރައީސް ވިދާޅުވީ ޓީމަކީ އާޖެންޓީނާ ކަމަށް، އެކަމަކު ތަށި ނެގުމުގެ ފުރުސަތު ބޮޑީ ފްރާންސް ކަމަށް!ޚަބަރު | 2 ދުވަސް ކުރިންކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިން