logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބެލިންގްހަމްގެ ފަޔަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެ

މެންދުރު ޓީމް
24 އޯގަސްޓު 2024 - 06:10
ޖޫޑް ބެލިންގްހަމް -- ފޮޓޯ/ ގެޓީ
ޖޫޑް ބެލިންގްހަމް -- ފޮޓޯ/ ގެޓީ

ސްޕެއިންގެ ގަދަބާރު، ރެއަލް މެޑްރިޑްގެ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންގްހަމްއަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އުމުރުން 21 އަހަރުގެ ބެލިންގްހަމް ކުޅުމާ ދުރަށް ދާން ޖެހުނީ އޭނާގެ ކަނާތުފައިގެ ކުޑަކަޅުވައަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. އެކަން އިއުލާންކުރަމުން ރެއާލް އިން ނެރުނު ބަޔާނުގައި ބުނީ، ބެލިންގްހަމްގެ ކަނާތު ފަޔަށް އަނިޔާލިބި، ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އޭނާގެ ރިކަވަރީއަށް ހޭދަވާނެ މުއްދަތު މެޑްރިޑުން ހާމަކޮށްފައެއް ނުވާއިރު، އެ އަނިޔާއިން ރިކަވާވުން ގާތުން ބަލާނެ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ބެލިންގްހަމް ބޭރުގެ ނޫހަކަށް ބުނީ، އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ މާޔޫސްވެފައިވާ ކަމަށެވެ.

ބެލިންގްހަމް އަކީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި އޭނާ އަކީ ސްޕެނިޝް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ. މި އަހަރު ދެވޭ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިނާމު ޙާސިލުކުރުމުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އޭނާގެ ނަންކަމުގައި ފުޓުބޯޅައިގެ ދުނިޔޭގެ ގިނަ ތަޖުރިބާކާރުން ވެސް ދެކެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނގިރޭސި ޤައުމީ ޓީމުގެ ފުރަތަމަ 11 އިން ބެލިންގހަމް އަށް ޖާގަ ދިނުމާމެދު ހޫނު ބަހުސްތަކެއްކުޅިވަރު | ގަޑިއިރެއް ކުރިންކޮޕަ ޑެލްރޭ: 4 ވަނަ ޑިވިޝަނުގެ ޓީމަކާއި ދެކޮޅަށް ރެއާލް ގެ ބެންޗުޓީމުން ގޯލުފުންޏެއް ޖަހައިފިކުޅިވަރު | 10 މަސް ކުރިންޖޫޑް ޖާޑިއެއްގެ ފެންދީފައި ބާސެލޯނާގެ ސަޕޯޓަރުންގެ ނިދި ޚަރާބުކޮށްފިކުޅިވަރު | އަހަރެއް ކުރިންޔުއޭފާ ނޭޝަންސް ލީގު: އަޔަރލޭނޑް އަތުން މޮޅުވެ އިންގަލްންޑުން މުބާރާތުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެއްޖެކުޅިވަރު | އަހަރެއް ކުރިން