logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުއޭފާ ނޭޝަންސް ލީގު: އަޔަރލޭނޑް އަތުން މޮޅުވެ އިންގަލްންޑުން މުބާރާތުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެއްޖެ

އަބްދުﷲ ޣާނިމް
18 ނޮވެމްބަރު 2024 - 11:14
އިންގްލަންޑުން ވަނީ ޔުއޭފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައި. ފޮޓޯ: ތްރީ ލަޔަންސް
އިންގްލަންޑުން ވަނީ ޔުއޭފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައި. ފޮޓޯ: ތްރީ ލަޔަންސް

އަޔަރލޭންޑް ގެ މައްޗަށް ފަސް ގޯލުގެ ތަފާތުން ކުރި ހޯދައި އިނގިރޭސިން ޔުއޭފާ ނޭޝަންސް ލީގުގެ ލޫގު 1 އަށް ޕޮރޮމޯޓް ވެއްޖެއެވެ. ރޭގޭ މޮޅާއެކު ގްރޫޕް 2 ގެ ތާވަލުގެ ދެވަނައިގައި އޮތް ގްރީސް އާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ ވި ނަމަވެސް އިނގިރޭސިން ޕްރޮމޯޝަން ކާމިޔާބުކުރީ ފައިދާ ގޯލުން ކުރިހޯދައިގެންނެވެ.

މެޗު ފެށިގެން އިންގަލްޑުން މޮޅު ކުޅުމެއް ކުޅެމުން އައި ނަމަވެސް އެޓީމަށް އަޔަރލޭންޑް ގެ ގޯލު ފޫއަޅުވާލެވޭވަރުވީ ދެ ވަނަ ހާފުގައި އަޔަރލޭންޑްގެ ޑިފެންޑަރ ލިއާމް ޕެނަލްޓީ އޭރިޔާތެރެއިން ބެލިންގްހަމް އަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންގްލަންޑް ގެ ވަގުތީ ކޯޗު ލީ ކާސްލީ ގެ އިރުޝާދުގެ ދަށުން ރޭގައި ކުޅެވުނު މެޗުގެ އިންގްލެންޑް ގެ ގޯލުތައް ޖަހައިދިނީ ކޭންގެ އިތުރުން ގޯޑަން އާއި ގަލަގާ އާއި ބޮވެން އަދި ޓޭލާ ހާރވޫޑް އެވެ. މިއީ އިނގިރޭސި ޓީމަށް ޓޭލާ ޖަހައިދިން ފުރަތަމަ ގޯލެވެ. ރޭގެ މެޗުގައި ބެލިންގްހަމް ވަނީ ދެ އެސިސްޓް ހަދައިދީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނގިރޭސި ޤައުމީ ޓީމުގެ ފުރަތަމަ 11 އިން ބެލިންގހަމް އަށް ޖާގަ ދިނުމާމެދު ހޫނު ބަހުސްތަކެއްކުޅިވަރު | ގަޑިއިރެއް ކުރިންއަސްލު ގޯޓާއިޖެހުނީމަ ޔަމާލް ސުމެއް، ޕޯޗުގަލް ތަށި ނަގައިފިކުޅިވަރު | 5 މަސް ކުރިންއެމްބާއްޕޭގެ 50 ވަނަ ގޯލާއެކު ޖަރުމަނު ބަލިކޮށް ފްރާންސްއަށް ލޯމެޑަލްކުޅިވަރު | 5 މަސް ކުރިންނޭޝަންސް ލީގު ފައިނަލުގައި ރޮނާލްޑޯ އާއި ޔަމާލްގެ ކުރިމަތިލުން މިރޭކުޅިވަރު | 5 މަސް ކުރިން