logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނޭޝަންސް ލީގު ފައިނަލުގައި ރޮނާލްޑޯ އާއި ޔަމާލްގެ ކުރިމަތިލުން މިރޭ

އަބްދުﷲ ޣާނިމް
8 ޖޫން 2025 - 07:57
މިއީ ރޮނާލްޑޯ އާއި ޔަމާލް ކުރިމަތިލާ ފުރަތަމަ ފަހަރު
މިއީ ރޮނާލްޑޯ އާއި ޔަމާލް ކުރިމަތިލާ ފުރަތަމަ ފަހަރު

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރާއިރު، މި މެޗަކީ ދެ ޖީލެއްގެ ކުޅުންތެރިން ބައްދަލުވާ މެޗަކަށް ވެގެންދާނެއެވެ. އުމުރުން 40 އަހަރުގެ ޕޯޗުގީޒްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަދި 17 އަހަރުގެ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމިނެ ޔަމާލް ވާދަކުރާ މި މެޗުގައި ދެ ޓީމުންވެސް އަމާޒު ހިފާފައިވަނީ ނޭޝަންސް ލީގް ދެވަނަ ފަހަރަށް ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމަށެވެ.

ލުއިސް ޑެ ލަ ފުއެންޓެގެ ސްޕެއިން އަންނަނީ ފަހަކަށް އައިސް ވަރަށް ރަނގަޅު ފޯމެއްގައެވެ. 2023 ވަނަ އަހަރުގެ ނޭޝަންސް ލީގް ޗެމްޕިއަންުންނާއި، ޔޫރޯ 2024 ގެ ޗެމްޕިއަނުންގެ ގޮތުގައި ސްޕެއިން އަންނައިރު، ސެމީ ފައިނަލްގައި ފްރާންސް އާ ދެކޮޅަށް ކުޅުނު މެޗު 5-4 އިން ކާމިޔާބުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަނެއްކޮޅުން ޕޯޗުގަލްގެ ޓީމުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޕީއެސްޖީގެ ވިޓިންހާ، ޖޮއާއޯ ނެވެސް، ނޫނޯ މެންޑެސް އަދި ފްރަންސިސްކޯ ކޮންސެއިސާއޯ ފަދަ ޒުވާން ކުޅުންތެރިން ހިމެނެއެވެ. ސެމީ ފައިނަލްގައި ޖަރުމަނު އާ ދެކޮޅަށް ކުޅުނު މެޗުގައި ވިޓިންހާ އާއި ކޮންސެއިސާއޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ބައިނަލްއަގުވާމީ 221 މެޗެއްގައި 138 ލަނޑު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސްޕެއިން އާ ދެކޮޅަށް ޖެހިފައިވަނީ އެންމެ 3 ލަނޑެވެ. އެއީވެސް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު އެންމެ މެޗެއްގައެވެ. އަނެއްކޮޅުން ލަމިން ޔަމާލް ވަނީ މި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާގެ ގޮތުގައި މިހާރު ވެފައެވެ.

މިމެޗު ކުޅެން ހަމަޖެހިފައިވަނީ ޖަރުމަނުގެ މިޔުނިކްގެ އެލިއަންޒް އެރީނާގައެވެ. މެޗުފަށާނީ މިރޭ ރާއްޖެގަޑިން 12:00 ގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލް ޖެހިޖެހިގެން ހަމެޗުން މޮޅުކުޅުންތެރިޔާގެ މަޤާމްހޯދައި ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 17 ގަޑިއިރު ކުރިންރޮނާލްޑޯ އަލް ނަޞްރު ދޫކޮށްލަނީކުޅިވަރު | 4 ދުވަސް ކުރިންރޮނާލްޑޯގެ ބޮޑާހޭކުމަށް ފުރަގަސްދީ ބެންޒެމާ އަލް-ހިލާލްއަށް ބަދަލުވުމުގެ އެންމެހައި ކަންކަން ފުރިހަމަކޮށްފިކުޅިވަރު | 6 ދުވަސް ކުރިންﷲ ގެ އިރާދަފުޅާއެކު 1000 ލަނޑު ހަމަކުރާނަން: ރޮނާލްޑޯކުޅިވަރު | މަހެއް ކުރިން