logo
ކުޅިވަރު

އަސްލު ގޯޓާއިޖެހުނީމަ ޔަމާލް ސުމެއް، ޕޯޗުގަލް ތަށި ނަގައިފި

އަބްދުﷲ ޣާނިމް
9 ޖޫން 2025 - 02:53
ރޮނާލްޑޯގެ ކައްޕިއްތާނުކަމުގައި ޕޯޗުގަލް ނޭޝަންސް ލީގު ދެވަނަ ފަހަރަށް އުފުލާލަނީ. ފޮޓޯ: ޔުއޭފާ
ރޮނާލްޑޯގެ ކައްޕިއްތާނުކަމުގައި ޕޯޗުގަލް ނޭޝަންސް ލީގު ދެވަނަ ފަހަރަށް އުފުލާލަނީ. ފޮޓޯ: ޔުއޭފާ

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިން ޕެނަލްޓީ ޝޫޓްއައުޓުން ބަލިކޮށް، ޕޯޗުގަލުން ދެވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މިއާއެކު ޕޯޗުގަލް ވެގެންގޮސްފައިވަނީ މިމުބާރާތުގެ ތަށި ދެފަހަރު ނެގި ފުރަތަމަ ޤައުމަށެވެ.

ޖަރުމަނުގެ މިއުނިކްގައި ކުޅުނު ފައިނަލް މެޗުގެ އެކްސްޓްރާ ޓައިމް ނިމުނު އިރު ސްކޯރަކީ 2-2 އެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ސްޕެއިންގެ އަލްވާރޯ މޮރާޓާގެ ޕެނަލްޓީ ޕޯޗުގަލްގެ ގޯލްކީޕަރު ދިއޯގޯ ކޯސްޓާ ދިފާއުކުރުމަށްފަހު، ޕޯޗުގަލްގެ ރޫބެން ނެވެސް ޖެހި ޕެނަލްޓީއާއެކު ޕޯޗުގަލްއަށް ވަނީ މުބާރާތުގެ ތަށި ޔަޤީންވެފައެވެ.

Hajj Corpooration

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސްޕެއިންގެ މާޓިން ޒުބިމެންދީ އެވެ. އެހެންނަމަވެސް ގިނަ އިރެއް ނުވަނީސް ނޫނޯ މެންޑެސް ވަނީ އޭނާގެ ފުރަތަމަ އިންޓަނޭޝަނަލް ލަނޑު ޖަހައި މެޗު އެއްވަރުކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މިކެލް އޯޔަޒަބަލް ވަނީ ސްޕެއިން އަށް އަލުން ލީޑު ނަގައިދީފައެވެ، ނަމަވެސް މެޗުގެ 60 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެންޑެސްގެ ހުރަހަކުން ލަނޑެއް ޖަހައި މެޗު އަނެއްކާވެސް އެއްވަރުކޮށްފަ އެވެ.

މިމެޗަށް ނިކުތްއިރު ޔަމާލް ސްޕެއިނުގެ ޖޯޒީގައި ކުޅުނު ނޮކްއައުޓް ކޮންމެ މެޗެއްގައި ގޯލެއް ނުވަތަ އެސިސްޓެއް މިހާތަނަށް ހަދާފައިވީނަމަވެސް، މިމެޗުގެ މޮޅުކުޅުންތެރިޔާ ނޫނޯ މެންޑޭޒް ވަނީ މެޗުގައި ޔަމާލް އެކީއެކުގައި ހުއްޓުވާލާފައެވެ. މުބާރާތުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީވެސް މެންޑޭސް އެވެ.

504952313_1263415751817484_176061103506398222_n.jpg

މުބާރާތުގެ މޮޅުކުޅުންތެރިޔާ ނޫނޯ މެންޑޭސް. ފޮޓޯ: ޔުއޭފާ

މިމުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ 8 ގޯލާއެކު ރޮނާލްޑޯއެވެ. ރޮނާލްޑޯވަނޯ ޕޯޗުގަލްއަށް މިފަހަރު ތަށިނަގައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އެގޮތުން ސެމީގައި ޖަރުމަނު އަތުން މޮޅުވިގޯލް ޖަހައިދިނީ 40 އަހަރުގެ ރޮނާލްޑޯއެވެ.

IMG_9442.jpeg

ގޯލުޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ

 

މިމޮޅާއެކު 2019 ވަނަ އަހަރު މި މުބާރާތުގެ ފުރަތަމަ އެޑިޝަން ކާމިޔާބުކުރި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވަނީ ދެވަނަ ފަހަރަށްވެސް މި ތަށި އުފުލާފަ އެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލް ކުޅޭތަން ބަލަން އިންނައިރު އަހަރެންގެ ޅަ އުމުރުގެ އަމިއްލަ ނަފްސު ހަނދާންވޭ - މެސީކުޅިވަރު | 5 ގަޑިއިރު ކުރިންރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެކުޅިވަރު | ދުވަހެއް ކުރިންކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވެއްޖެކުޅިވަރު | 5 ދުވަސް ކުރިންމި އަހަރުގެ ބެލަންޑީ އޯ ލިބެންޖެހޭނީ ބާސާގެ ކުޅުންތެރިއަކަށް - ބާސާގެ ރައީސްކުޅިވަރު | 6 ދުވަސް ކުރިން