logo
MPL

MPL

ކުޅިވަރު

އެމްބާއްޕޭގެ 50 ވަނަ ގޯލާއެކު ޖަރުމަނު ބަލިކޮށް ފްރާންސްއަށް ލޯމެޑަލް

އަބްދުﷲ ޣާނިމް
8 ޖޫން 2025 - 16:55
ފްރާންސްގެ ކެޕްޓަން އެމްބާއްޕޭ
ފްރާންސްގެ ކެޕްޓަން އެމްބާއްޕޭ

ޔޫއެފާ ނޭޝަންސް ލީގުގެ ތިންވަނަ ހޮވާ މެޗުގައި ޖަރުމަނު ބަލިކޮށް ފްރާންސްއިން ލޯ މެޑަލް ހޯދައިފިއެވެ. ޖަރުމަނުގެ އެމްޕީއެޗް އެރީނާގައި ކުޅުނު މި މެޗުގައި ފްރާންސްގެ ސްޓްރައިކަރު ކައިލިއަން އެމްބާއްޕޭ އޭނާގެ ގައުމީ ޓީމަށް 50 ވަނަ ގޯލު ޖަހައިފިއެވެ.

މިއާއެކު އެމްބާއްޕޭ މިހާރުވަނީ ފްރާންސްގެ އޮލްޓައިމް ޓޮޕް ސްކޯރަރުންގެ ލިސްޓުގައި ދެވަނައިގައިވާ ތިއެރީ އޮންރީގެ ރެކޯޑާ އެއް ގޯލު ދުރުގައެވެ. އޮންރީ ވަނީ 50 ގޯލު ފްރާންސް އަށް ޖަހައިދީފައެވެ. ފްރާންސްގެ އޯލްޓައިމް ޓޮޕް ސްކޯރަރުންގެ ލިސްޓުގައި އެންމެ މަތީގައި ވަނީ އޮލިވިއޭ ޖިރޫޑްއެވެ. އޭނާ ވަނީ 57 ގޯލާޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2017 ވަނަ އަހަރު ފްރާންސްގެ ގައުމީ ޓީމަށް ކުޅެން ފެށިފަހުން އެމްބާއްޕޭ ވަނީ 90 މެޗު ކުޅެފައެވެ. އޭނާއަކީ 2018 ވަނަ އަހަރު ފްރާންސްއިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި 2021 ވަނަ އަހަރު ނޭޝަންސް ލީގު ކާމިޔާބުކުރި ޓީމުގައިވެސް އޭނާ ހިމެނުނެވެ.

މި އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ފްރާންސްއަށް ގެއްލުނީ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުން 5-4 އަށް ބަލިވުމާ ގުޅިގެންނެވެ. އެމެޗުގައިވެސް އެމްބާއްޕޭ މޮޅުކުޅުމެއް ކުޅެފައިވާއިރު، މިރޭ ތިންވަނަ ހޮވި މެޗުގެ މޮޅުކުޅުންތެރިޔަކަށްވެސް ހޮވުނީ އެމްބާއްޕޭއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެރީކޭންގެ ރެކޯޑާއެކު އިނގިރޭސީން ކުއާޓަރ ފައިނަލާ ގާތަށްކުޅިވަރު | 8 ދުވަސް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ކްރޮއޭޝިއާ ބަލިކޮށް ސްޕެއިނަށް އުނދަގޫ މޮޅެއްކުޅިވަރު | 8 ދުވަސް ކުރިންއުނދަގޫ މެޗަކަށް ފަހު 3-1 އިން ތުރުކީ ބަލިކޮށް އިޓަލީން މުހިންމު މޮޅެއް ހޯދައިފިކުޅިވަރު | 9 ދުވަސް ކުރިންފަހަތުން އަރައި ހަތަރުގޯލު ޖަހައި ފްރާންސުން ގްރޫޕްގެ އެއްވަނައަށްކުޅިވަރު | 9 ދުވަސް ކުރިން