ހެރީކޭންގެ ރެކޯޑާއެކު އިނގިރޭސީން ކުއާޓަރ ފައިނަލާ ގާތަށް
7 އޮކްޓޯބަރު 2026 - 04:16

އިންގްލެންޑްގެ ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑާ ހެރީ ކޭން އެއްވަރުކުރި ތާރީޚީ މެޗުގައި، އޭނާ ޖެހި ދެ ލަނޑާއެކު 3-0 އިން ޗެކިއާ ބަލިކޮށް ނޭޝަންސް ލީގުގައި އިންގްލެންޑުން ފަސޭހަ ކާމިޔާބީއެއް ހޯދައިފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު މި މެޗަކީ އިންގްލެންޑްގެ ޖާޒީގައި ކޭން ކުޅުނު 125 ވަނަ މެޗެވެ. މިއާއެކު އޭނާ ވަނީ ކުރީގެ ކީޕަރު ޕީޓާ ޝިލްޓަން ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މެޗުގެ 27 ވަނަ މިނެޓުގައި ކޭން ނަގައިދިން ހުރަހަކުން ޗެކިއާގެ ވްލަޑިމީރް ކޫފާލް އަތުން ބައިކޮޅަށް ވަން ލަނޑުން އިންގްލެންޑުން ލީޑު ނެގިއެވެ. އޭގެ އިރުކޮޅެއް ފަހުން މޯގަން ރޮޖާސް ތަނަވަސްކޮށްދިން ފުރުސަތަކުން ކޭން ވަނީ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. ދެވަނަ ހާފުގައި ލުއިސް ހޯލް ނެގި ކޯނަރަކުން ކޭން އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ. މެޗުގެ ފަހުކޮޅު ތޯމަސް ޓުޗެލް ވަނީ ޒުވާން ކުޅުންތެރިޔާ ރިއޯ އެންގުމޯހާ އަށް ފުރުސަތު ދީފައެވެ.
މި މޮޅާއެކު ނޭޝަންސް ލީގުގެ ގްރޫޕް އޭ3 ގެ ދެވަނައިގައި އިންގްލެންޑް އޮތީ 9 ޕޮއިންޓާއެކުގައެވެ. ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރުމަށް އެ ޓީމަށް ބާކީ ދެ މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

-01.jpg&w=3840&q=75)
