logo
MPL

MPL

ކުޅިވަރު

އުނދަގޫ މެޗަކަށް ފަހު 3-1 އިން ތުރުކީ ބަލިކޮށް އިޓަލީން މުހިންމު މޮޅެއް ހޯދައިފި

އަބްދުﷲ ޣާނިމް
5 އޮކްޓޯބަރު 2026 - 21:26
އުނދަގޫ މެޗަކަށް ފަހު 3-1 އިން ތުރުކީ ބަލިކޮށް އިޓަލީން މުހިންމު މޮޅެއް ހޯދައިފި

ޔުއެފާ ނޭޝަންސް ލީގުގައި ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީން ވާދަވެރި ކުޅުމަކަށް ފަހު 3-1 ގެ ނަތީޖާއަކުން ތުރުކީ ބަލިކޮށްފިއެވެ. މަންޗީނީ އިޓަލީގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވެ ފްރާންސް އަތުން ބަލިވި ނަމަވެސް، ފަހުން ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އެ ޓީމު މިހާރު އޮތީ ގްރޫޕް އޭ1 ގެ ދެވަނައިގައެވެ.

ސްޓޭޑިއޯ ރެނާޓޯ ޑަލްއާރާ ގައި ކުޅުނު މި މެޗުގައި އިޓަލީގެ ކޯޗު ވިންޗެންޒޯ މޮންޓެލާގެ އިރުޝާދުގެ ދަށުން ކުޅޭ ތުރުކީން ވަނީ މެޗުގެ ފަހު ވަގުތާ ހަމައަށް ވެސް އިޓަލީއަށް ވަރުގަދަ ވާދައެއް ދީފައެވެ. މެޗުގެ ފުރަތަމަ ހާފުގައި މާ ގިނަ ފުރުސަތުތަކެއް ނުފެނުނު ނަމަވެސް، 26 ވަނަ މިނެޓުގައި ޖިއަންލޫކާ ސްކަމަކާ ފޮނުވާލި ހިތްގައިމު ހަމަލާއަކުން އިޓަލީން ވަނީ ލީޑު ނަގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ތުރުކީގެ އަރަލް ސިމްސިރު ޖެހި ލަނޑުން މެޗުގެ ނަތީޖާ އެއްވަރުވިއެވެ. ނަމަވެސް، އެ ނަތީޖާ ދެމިއޮތީ އެންމެ ތިން މިނެޓަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރިކާޑޯ ކަލަފިއޯރީ، ނިކޯލޯ ބަރެއްލާ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި އަނެއްކާވެސް އިޓަލީއަށް ކުރިހޯދައިދިނެވެ. އަދި މެޗުގެ 87 ވަނަ މިނެޓުގައި އަލެސަންދްރޯ ރޮމާނޯ ނަގައިދިން ބޯޅައަކުން އިޓަލީގެ ތިންވަނަ ލަނޑު ޖަހައި މެޗު ކަށަވަރުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ފްރަންޗެސްކޯ ޕިއޯ އެސްޕޮސިޓޯއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު އެސްޕޮސިޓޯ ވަނީ އިޓަލީގެ ގައުމީ ޓީމުގެ ތާރީޚުން ޖާގަ ހޯދާފައެވެ. އޭނާ ވެފައިވަނީ އުމުރުން 22 އަހަރު ފުރުމުގެ ކުރިން ގައުމީ ޓީމަށް 7 ލަނޑު ޖަހައިދިން ދެވަނަ ކުޅުންތެރިޔާއަށެވެ. މި ޝަރަފު މީގެ ކުރިން ހޯދާފައިވަނީ 1931 ވަނަ އަހަރު ޖުސެއްޕޭ މެއާޒާ އެކަންޏެވެ.

މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އިޓަލީން 15 ހަމަލާ އުފެއްދިއިރު ތުރުކީން 14 ހަމަލާ ފޮނުވާލިއެވެ. އަދި ގޯލާ އަމާޒުކޮށް އިޓަލީން ހަ ހަމަލާ އަދި ތުރުކީން ފަސް ހަމަލާ ފޮނުވާލިއެވެ. އިދިކޮޅު ޕެނަލްޓީ އޭރިއާ ތެރޭގައި އިޓަލީން 28 ފަހަރު ބޯޅައިގައި ޓަޗުކުރިއިރު، ތުރުކީން ވަނީ 27 ފަހަރު ޓަޗުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުނދަގޫ މެޗަކަށް ފަހު 3-1 އިން ތުރުކީ ބަލިކޮށް އިޓަލީން މުހިންމު މޮޅެއް ހޯދައިފިކުޅިވަރު | ގަޑިއިރެއް ކުރިންފަހަތުން އަރައި ހަތަރުގޯލު ޖަހައި ފްރާންސުން ގްރޫޕްގެ އެއްވަނައަށްކުޅިވަރު | 2 ގަޑިއިރު ކުރިންޑިބްރޭނާގެ ހިއްގައިމު ގޯލުތަކުން ބެލްޖިއަމް އިން ތުރުކިޔޭ ބަލިކޮށްފިކުޅިވަރު | 3 ދުވަސް ކުރިންއަސްލު ގޯޓާއިޖެހުނީމަ ޔަމާލް ސުމެއް، ޕޯޗުގަލް ތަށި ނަގައިފިކުޅިވަރު | އަހަރެއް ކުރިން