logo
MPL

MPL

ކުޅިވަރު

ފަހަތުން އަރައި ހަތަރުގޯލު ޖަހައި ފްރާންސުން ގްރޫޕްގެ އެއްވަނައަށް

އަބްދުﷲ ޣާނިމް
5 އޮކްޓޯބަރު 2026 - 20:59
ފަހަތުން އަރައި ހަތަރުގޯލު ޖަހައި ފްރާންސުން ގްރޫޕްގެ އެއްވަނައަށް

ޔުއެފާ ނޭޝަންސް ލީގުގައި ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިކޮށް ފްރާންސުން މުހިންމު މޮޅެއް ހޯދައިފިއެވެ. ސްޓޭޑް ޑި ފްރާންސްގައި ކުޅުނު މި މެޗުގެ ފަހު ވަގުތުކޮޅާ ހަމައަށް ފްރާންސް އޮތީ ބަލިވާން ކައިރިވެފައެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ކައުންޓަރ އެޓޭކެއްގައި ޑޯޑީ ލުކެބާކިއޯ ވަނީ ލަނޑެއް ޖަހައި ބެލްޖިއަމަށް ލީޑު ހޯދައިދީފައެވެ. ކިލިއަން އެމްބާޕޭ ނެތި ކުޅުނު ފްރާންސް ޓީމަށް ފުރަތަމަ ހާފުގައި އުސްމާން ޑެމްބެލޭ، މަގްނެސް އަކްލިއުޝް، އެޑުއާޑޯ ކަމަވިންގާ އަދި އެސްޓެބާން ލެޕޯލް ފަދަ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ކޯޗު ޒައިނުއްދީން ޒިދާން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރުވި ކުޅުންތެރިންގެ ސަބަބުން މެޗުގެ އޮއިވަރު މުޅިން ބަދަލުވިއެވެ. މެޗުގެ 77 ވަނަ މިނެޓުގައި ޑެސިރޭ ޑުއޭ ވަނީ ހިތްގައިމު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން މައިކަލް އޮލިސޭ ދިން ޕާހަކުން ރަޔާން ޗެރްކީ ވަނީ ފްރާންސަށް ލީޑު ނަގައިދީފައެވެ.

މެޗުގެ 88 ވަނަ މިނެޓުގައްޔާއި އިތުރު ވަގުތުގެ ތެރޭގައި އޮލިސޭ ވަނީ އިތުރު ދެ ލަނޑު ޖަހައި ފްރާންސްގެ މޮޅު ފުރިހަމަކޮށްދީފައެވެ. މި ދެ ލަނޑު ޖެހުމުގައިވެސް އެހީތެރިވެދިނީ ޑުއޭއެވެ. މި މޮޅާއެކު ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުނދަގޫ މެޗަކަށް ފަހު 3-1 އިން ތުރުކީ ބަލިކޮށް އިޓަލީން މުހިންމު މޮޅެއް ހޯދައިފިކުޅިވަރު | ގަޑިއިރެއް ކުރިންފަހަތުން އަރައި ހަތަރުގޯލު ޖަހައި ފްރާންސުން ގްރޫޕްގެ އެއްވަނައަށްކުޅިވަރު | ގަޑިއިރެއް ކުރިންޑިބްރޭނާގެ ހިއްގައިމު ގޯލުތަކުން ބެލްޖިއަމް އިން ތުރުކިޔޭ ބަލިކޮށްފިކުޅިވަރު | 3 ދުވަސް ކުރިންއަސްލު ގޯޓާއިޖެހުނީމަ ޔަމާލް ސުމެއް، ޕޯޗުގަލް ތަށި ނަގައިފިކުޅިވަރު | އަހަރެއް ކުރިން