logo
Bank of Maldives

Bank of Maldives

ދުނިޔެ

ޕޯޗުގަލުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ސެޕްޓެމްބަރު 2025 - 06:47
ޕޯޗުގީޒުގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންގެލް
ޕޯޗުގީޒުގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންގެލް

ޕޯޗުގަލުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް ނިންމައިފިއެވެ.

މިކަން އިއުލާނުކުރެއްވީ އެ ގައުމުގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންގެލް އާދީއްތަ ދުވަހު، ނިއު ޔޯކުގައި ހުންނަ އދ. އަށް ޕޯޗުގަލްގެ ދާއިމީ މިޝަންގެ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚާރިޖީ ވަޒީރު ރަންގެލް ވިދާޅުވި ގޮތުގައި ފަލަސްޠީނު ދައުލަތް ގަބޫލުކުރުމަކީ ޕޯޗުގަލްގެ ޚާރިޖީ ސިޔާސަތުގެ އަސާސީ، ދެމެހެއްޓެނިވި އަދި މުހިންމު ސިޔާސަތެއް ތަންފީޒުކުރުމެވެ.

 "ދެމެހެއްޓެނިވި އަދި ޢަދުލުވެރި ސުލްޙައަކަށް ވާސިލުވުމަށް ހަމައެކަނި އޮތް މަގަކީ ދެ ދައުލަތުގެ ހައްލު" ޚާރިޖީ ވަޒީރު ޕައުލޯ ރަންގެލް ވިދާޅުވެފަވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހަނގުރާމަ ހުއްޓާލުމަކީ މިވަގުތު ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ.

ޚާރިޖީ ވަޒީރު ޚާއްސަ ސަމާލުކަމެއް ދެއްވައިފާހަގަކުރެއްވި ގޮތުގައި ފަލަސްޠީނު ދައުލަތް ގަބޫލުކުރުމަކުން ޣައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސާ ފޮހެވިގެނެއް ނުދާނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ޕޯޗުގަލުން ފަލަސްޠީނު ދައުލަތް ބަލައިގަތުމުގެ މި ނިންމުން އިއުލާނުކޮށްފައިވަނީ އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ބޮޑެތި ގައުމުތަކާ އެކުގައި ކަމެވެ. މިއީ ފަލަސްޠީނު ދައުލަތަށް ލިބިގެންދިޔަ ވަރަށް މުހިންމު ކާމިޔާބީއެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ޔަހޫދީން ދިރިއުޅެން 700 އަށްވުރެ ގިނަ ގެ އަޅަނީދުނިޔެ | 6 ދުވަސް ކުރިންފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅައިފިދުނިޔެ | 12 ދުވަސް ކުރިންހަނގުރާމަ ހުއްޓާލާފައި އޮތީ ނަމެއްގައި، އިއްޔެވެސް ޔަހޫދީންގެ ވައިގެ ހަމަލާތަކެއް ޣައްޒާއަށްދުނިޔެ | 13 ދުވަސް ކުރިންފަތިސް ނަމާދު ވަގުތާ ދިމާކޮށް ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް އިސްރާއީލުން ބޮޑެތި ހަމަލާތަކެއް ދީފިދުނިޔެ | 24 ދުވަސް ކުރިން