logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ޔަހޫދީން ދިރިއުޅެން 700 އަށްވުރެ ގިނަ ގެ އަޅަނީ

ޒިދާން މުޙައްމަދު
11 ޑިސެމްބަރު 2025 - 03:57
ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ޔަހޫދީން ދިރިއުޅެން 700 އަށްވުރެ ގިނަ ގެ އަޅަނީ

ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ޔަހޫދީން ދިރިއުޅެން 700 އަށްވުރެ ގިނަ ގެ އެޅުމުގެ މަސައްކަތް ފަަށަން ނިންމައިފިއެވެ.

މިގެތަށް އަޅަނީ އިސްރާއީލުން އިސްތއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައެވެ. އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ހީލަތްތެރި ރޭވުމެއްގެ ދަށުން ހުޅަނގު އައްސޭރީގެ ބިންތަކުގައި އަޅަން ހަމަޖެހިފައި ވަނީ ޖުމުލަ 764 ގެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގެތަށް އަޅާކަމުގައި ވަނީ ނަމަ އިސްރާއީލުން އެކުރަނީ ޣައިރު ޤާނޫނީ އަމަލެކެވެ. އެހެން ނަމަވެސް، އިސްރާއީލަކީ ދުނިޔޭގެ ޤާނޫނުތަކަށް އެއްވެސް ވަރަކަށް ފަރުވާލެއް ބަހައްޓާ ބައެއް ނޫނެވެ.

އިސްތިއުމާރީ ބިންތަކުގައި އަވަށްތައް ހަދައި މީހުން ވަޒަންވެރިވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކުށެކެވެ. ނަމަވެސް 2022ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރީގައި 51،370 ގެ އެޅުމުގެ ޙުއްދަ އިސްތިއުމާރީ ބާރުން ދީފައިވެއެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވުން އިތުރުވުމަކީ ފަލަސްތީނުގެ ރައްޔިތުން ބިކަވެ ނިކަމެތިވާނެ ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ހުޅަނގު އައްސޭރީގައި އިތުރު ގެތައް އެޅުމަށް އިސްރާއީލުން ނިންމާފައި މި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ހަރުކަށި ޔަހޫދީންގެ ފަރާތުން ދޭ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ޖައްބާރުންގެ ފަރާތުން 264 ޙަމަލާ އަމާޒުވެފައިވެއެވެ.

އިސްރާއީލުން ހުޅަނގު އައްސޭރީގައި ޖަރީމާތައް ފުޅާކުރަން ނިންމުންތައް ނިންމަމުންދާއިރު ހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ވަނީ ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިފައެވެ.

ފަލަސްތީނުގެ ޣައްޒާއަށް ކުރިމަތިވެފައި ވަނީ "ބައިރަން" ނަމަކަށް ކިޔާ ތޫފާނެކެވެ. މި ތޫފާނާ ގުޅިގެން، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

ފަލަސްތީނުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ތޫފާން ބައިރަން ޣައްޒާއާ ކައިރިވަމުން އަންނަ އިރު، އިއްޔެއިން ފެށިގެން ހުކުރު ދުވަހުގެ ހަވީރުގެ ނިޔަލަށް ފަލަސްތީނުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގަދަ ކޮޅިގަނޑުތަކާ ލައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޣައްޒާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ވަނީ މިތޫފާނާ ގުޅިގެން ނުރައްކަލަށް ހުށަހެޅިފައެވެ. އެ މީހުން ތިބި ވަގުތީ ހިޔާތައް ކަމަށްވާ ފޭލިގެތައް ބަލިކަށިވުމާއި، ފޭލިގެތަކުގައި ގިނަ ބަޔަކު ތޮއްޖެހިފައި ތިބުމުގެ ސަބަބުން ނުރައްކާ ބޮޑު ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޣައްޒާ ސިޓީގެ މޭޔަރު ވިދާޅުވީ ބައެއް މަގުތައް ބަންދުވެ، ފޭލިގެތަށް ހުރި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

މޫސުމީ ކާރިޘާއަކާ ޣައްޒާ ކުރިމަތިލަމުންދާއިރު، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރިމާތަކާއި ނަސްލުނައްތާލުމުގެ މުޖުރިމު އަމަލުތަކަށް ހުއްޓުމެއް ނާދެއެވެ.

ޣައްޒާއަށް އެއްގަމާއި ވައިގެމަގުން ހަމަލާތައް ދެމުންދާއިރު، އިސްރާއީލުން ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި ރެއިޑެއްގައި ފަލަސްތީނުގެ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

ޤަތަރުގެ ބޮޑުވަޒީރު މިމޭރުމުން ވާހަކަދެއްކެވިއިރު، ހަރުކަށި ޔަހޫދީ އިސްރާއީލޭ ކިޔުނު ޣައިރު ޤާނޫނީ ދައުލަތުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގައި ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅާފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70،125 މީހުން ޝަހީދުވެ، 171،015 މީހުން ޒަޚަމްވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ޔަހޫދީން ދިރިއުޅެން 700 އަށްވުރެ ގިނަ ގެ އަޅަނީދުނިޔެ | ގަޑިއިރެއް ކުރިންހަނގުރާމަ ހުއްޓާލާފައި އޮތީ ނަމެއްގައި، އިއްޔެވެސް ޔަހޫދީންގެ ވައިގެ ހަމަލާތަކެއް ޣައްޒާއަށްދުނިޔެ | 7 ދުވަސް ކުރިންޔަހޫދީ ސިފައިން، ވެސްޓު ބޭންކުގައި ފަލަސްޠީނުގެ ދެ ޒުވާނުން ޝަހީދުކޮށްލައިފިދުނިޔެ | 19 ދުވަސް ކުރިންނަތަންޔާހޫ އާއި އިސްރާއީލްގެ އިސް ވެރިން ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފިޚަބަރު | މަހެއް ކުރިން