logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުގެ ސަލާމަތަށްޓަކާ ޣައްޒާ ނައްތާލަން ޖެހޭ: ލިންޑްސީ

މުޙައްމަދު އަފްރާޙް
27 ފެބްރުއަރީ 2026 - 11:59
އިސްރާއީލުގެ ސަލާމަތަށްޓަކާ ޣައްޒާ ނައްތާލަން ޖެހޭ: ލިންޑްސީ

އިސްރާއީލުގެ ސަލާމަތަށްޓަކައި ޣައްޒާ ނައްތާލަންޖެހޭ ކަމަށް އެމެރިކާގެ ސެނެޓަރ ލިންޑްސީ ގްރެހަމް ބުނެފިއެވެ.

އޭނާ ބުނީ އިސްރާއީލުގެ ވެރިއެއްގެ ގޮތުގައި އޭނާ ހުރިނަމަ މިހާރުން މިހާރަށް ޣައްޒާ ނައްތާލާނެ ކަމަށެވެ. އަދި އިސްރާއީލަށް ސަލާމަތާ، ރައްކާތެރިކަން އޮތީ ޣައްޒާ އެއްކޮށް ނައްތާލައިގެން ކަމަށް ވެސް އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނާއި ޖަޕާން ހަލާކުކޮށް، ބާލިން އާއި ޓޯކިޔޯއަށް ބޮންއަޅާ ގޮއްވާލާ، ޖަޕާނަށް އެޓޮމިކް ބޮން ވައްޓާލުމަކީ ގޯހެއްކަމުގައި ނުދެކޭ ކަމަށްވެސް އޭނާ ވަނީ ބނެފައެވެ. އަދި ހަމަ އެމަގުން މިއަދު ވެސް ކަންކުރަންޖެހޭކަމަށް ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ އަސްކަރީ ކާމިޔާބީއަކާ ނުލައި ރެޑިކަލިޒަމް މުގުރާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ޖަރުމަނާއި ޖަޕާން ބަލިކުރި ގޮތް ކަމަށެވެ.

ލިންޑްސީ ގްރެހަމް އަންނަނީ ޣައްޒާ މުޅިން ނައްތާލުމަށާއި، އީރާނާއެކު އިތުރު މަޝްވަރާ ކުރުމެއްނެތި އަސްކަރީ ފިޔަވަޅުތައް އެޅުމަށް ޓްރަމްޕްގެ ސަރުކާރަށް ބާރުއަޅަމުންނެވެ. އަސްކަރީ ފިޔަވަޅު އެޅުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ފަރާތްތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި ހުޅުޖަހައި ހުރުމަތް ކަނޑައިފިޚަބަރު | 3 ދުވަސް ކުރިންކެލިފޯނިއާގެ އެއާ ބޭސްއަކަށް ބީ-52 މަރުކާގެ ބޮންއަޅާ ބޯޓެއް ވެއްޓި އަށް މީހުން މަރުވެއްޖެ ދުނިޔެ | 4 ދުވަސް ކުރިންއެމެރިކާ އާއި އިސްރާއީލާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތް، ނަމަވެސް އަދި ނިންމުމަކަށް ނާދޭ: އީރާންޚަބަރު | 7 ދުވަސް ކުރިންއިސްރާއީލާއި އީރާނުން ހަމަލާބަދަލުކުރުން ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ގޮވާލައްވައިފިދުނިޔެ | 12 ދުވަސް ކުރިން