logo
MPL

MPL

ދުނިޔެ

އީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓު

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޯގަސްޓު 2026 - 18:43
އީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ފެއްޓެވުމަށް ރާވާފައިވާ އަސްކަރީ ބޮޑު ހަރަކާތް ކުރިއަށް ނުގެންދިޔައީ ޚަލީޖުގެ ބައެއް ގައުމުތަކުގެ ޑިޕްލޮމެޓިކް ފިއްތުންތަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ނިންމެވުން ނިންމެވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ޓްރަމްޕަށް ގުޅުއްވައި މަޝްވަރާ ކުރެއްވުމަށް ފަހުއެވެ. މި ފޯނު ކޯލުގައި ވަލީއަހުދު ވަނީ މަސްރަހު ފިނިކުރުމަށް ބާރުއަޅުއްވައި، ވޮޝިންޓަނުން ގެންގުޅޭ "ޕްލޭން އޮފް އެކްޝަން" ނުވަތަ އަމަލުކުރާނެ ގޮތުގެ ސާފު ތަފްސީލަކަށް އެދިވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސާފު ސްޓްރެޓެޖީއެއް ނެތުމުގެ ސަބަބުން ޚަލީޖުގެ ގައުމުތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް، އީރާނުން ދޭ ބަދަލުހިފުމުގެ ހަމަލާތައް އެ ގައުމުތަކުގެ ސަރަހައްދުތަކަށް އަމާޒުވަމުންދާތީ އެކަމުގެ ނުތަނަވަސްކަން ބޮޑެވެ. ސައުދީން މަޝްވަރާއަށް ބާރުއެޅި ނަމަވެސް، ޔޫއޭއީން ބާރުއަޅަމުންދަނީ އެމެރިކާއިން ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށެވެ.

ޓްރަމްޕް އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްެރަތް ޝޯސަލް ގައި ވިދާޅުވީ، ހަމަލާ ދިނުން ކެންސަލް ކުރެއްވީ ތެހެރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން ސުލްހައިގެ އޮނިގަނޑެއް އެކުލަވާލުމަށް ވަގުތު ބޭނުންވާ ކަމަށް އެދުމުން ކަމަށެވެ. އަދި ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭގޮތުން އެއްބަސްވުމެއްގެ އަސާސްތަކަށް އާދެވިފައިވާ ކަމަށްވެސް ޓްރަމްޕް ދައުވާ ކުރެއްވިއެވެ.

ނަމަވެސް، އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ މަސްދަރަކުން ވަނީ ޓްރަމްޕްގެ މި ވާހަކަތަކަކީ "އިތުރުފުޅެއް" ކަމަށް ބުނެފައެވެ. އީރާނުން ބުނެފައިވަނީ އެފަދަ އެއްވެސް އެދުމެއް ހުށަހަޅާފައި ނުވާނެ ކަމަށާއި، ކަނޑުއޮޅިއާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދ.ގެ މަތީފަންތީގެ ބައްދަލުވުމަކަށް ނައިބް ރައީސް ނިއުޔޯކަށްޚަބަރު | 2 މަސް ކުރިންއީރާނާ އެކު ކުރިއަށްދިޔަ ވާހަކަތައް ހުއްޓާލުމަށް ޓްރަމްޕް އަމުރުކުރައްވައިފިދުނިޔެ | 3 މަސް ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއެކު އެމެރިކާގެ އެއާކްރާފްޓް ކެރިއަރުތަކަށް ބާރުބޮޑުވެ، އޭޝިއާ ސަރަހައްދު ހުސްވެއްޖެދުނިޔެ | 3 މަސް ކުރިންޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | 3 މަސް ކުރިން