logo
MPL

MPL

ދުނިޔެ

އީރާނާ އެކު ކުރިއަށްދިޔަ ވާހަކަތައް ހުއްޓާލުމަށް ޓްރަމްޕް އަމުރުކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޯގަސްޓު 2026 - 03:34
ހޮރްމުޒް ކަނޑުއޮޅީގައި އުޅަނދުތަކެއް
ހޮރްމުޒް ކަނޑުއޮޅީގައި އުޅަނދުތަކެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމަނިކުފާނުގެ ސަރުކާރުގެ އިސް އޮފިޝަލުންނަށް އީރާނާ އެކު ކުރިއަށްގެންދާ އެންމެހައި މުއާމަލާތްތައް ހުއްޓާލުމަށާއި، އެ ގައުމަށް ދޭ އިގުތިސާދީ ޕްރެޝަރު ވަރުގަދަ ކުރުމަށް އަންގަވައިފިއެވެ.

އެމެރިކާގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ވޮޝިންގްޓަނުން އީރާނާ މެދު ގެންގުޅޭ ސިޔާސަތަށް ގެނައި މި ބަދަލު މިހާރު ވަނީ އެ ގައުމުގެ ބައިވެރިންނާ ވެސް ހިއްސާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި ޓްރަމްޕް ވަނީ އެމަނިކުފާނުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖެރެޑް ކުޝްނަރ، ނައިބު ރައީސް ޖޭ.ޑީ ވެންސް އަދި ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަށް ތެހެރާނާ މުއާމަލާތް ނުކުރުމަށް އަންގަވާފައެވެ. މި ނިންމުން ނިންމާފައިވަނީ މީގެ ކުރިން އީރާނާ އެކު ބޭއްވުނު ބައެއް ބައްދަލުވުންތައް ރަނގަޅު މިސްރާބަކަށް ދިޔަކަމަށް ބެލެވުނު ނަމަވެސް، އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްނުވުމުން ޓްރަމްޕް ހިތްހަމަނުޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވަނީ އީރާނާ އެކު އެއްވެސް ވާހަކައެއް ކުރިއަށް ނުދާ ކަމަށާއި، އެފަދަ ވާހަކައެއް ތާވަލުކުރެވިފައި ވެސް ނެތް ކަމަށެވެ. މީގެ އިތުރުން ކަނޑުމަގުން އަޅާފައިވާ ބްލޮކޭޑް ދެމިއޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދެ ގައުމުގެ ދެމެދުގައި އަލުން މަޝްވަރާތައް ފެށުމުގެ ކުރިން، އެމެރިކާއިން ބޭނުންވާ ފަދަ އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް އޮތް ކަމުގެ ސާފު އިޝާރާތެއް އީރާނުގެ ފަރާތުން ލިބެންޖެހޭނެ ކަމަށް ވޮޝިންގްޓަނުން ބުނެއެވެ.

މި ނުތަނަވަސްކަމުގެ މައިގަނޑު އެއް މައްސަލައަކީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮމާނާއި އީރާނާ ދެމެދު ބެހުމަށް އީރާނުން ކުރަމުންދާ މަސައްކަތެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވަނީ އޮމާނަށް ވެސް ފާޑުވިދާޅުވެ، އެ ގައުމަކީ އެމެރިކާގެ ޒަމާންވީ ބައިވެރިއަކަށް ވީނަމަވެސް އީރާނަށް ބުރަވާ ގޮތަށް އަމަލުކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ. ވައިޓް ހައުސްއިން ކަންބޮޑުވަނީ މި އެއްބަސްވުމުގެ ސަބަބުން ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ބާރު އިތުރަށް ގަދަވެދާނެތީއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވޭތުވެދިޔަ ދެ ހަފްތާގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުފަހަރުގެ %80 އަށް ވުރެ ގިނަ އުޅަނދު ބޭނުންކޮށްފައިވަނީ އޮމާންގެ މަގެވެ. މިއީ އީރާނުން ދެކޮޅު ހަދާ މަގެކެވެ. އީރާނުގެ އިންޒާރުތަކާ އެކުވެސް ގިނަ ބޯޓުތައް މި މަގުން ދަތުރުކުރަމުންދަނީ އެމެރިކާގެ އަސްކަރިއްޔާގެ ހިމާޔަތުގައެވެ. މީގެ އިތުރުން ކުވައިތު، ސައޫދީ އަރަބިއްޔާ އަދި ޔޫއޭއީން ވަނީ ތެޔޮ ބޭރުކުރުމުގައި ބޮޑެތި ޓޭންކަރުތައް މެދުވެރިކޮށް ރައްކާތެރި ހިސާބުތަކަށް ތެޔޮ ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައެވެ.

އެމެރިކާއިން މިހާރު ތައްޔާރުވަމުން ދަނީ އީރާނާ ދެކޮޅަށް ވަރުގަދަ އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހިމެނޭހެން އަސްކަރީ އިސް ވެރިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ތިބުމަށް އެމެރިކާގެ ސިފައިން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފައެވެ. އެމެރިކާއިން ދެކޭ ގޮތުގައި މިފަދަ އިގުތިސާދީ ޕްރެޝަރުތަކުގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ހުށަހަޅުއްވާ ޝަރުތުތައް ގަބޫލުކުރަން އީރާނަށް މަޖުބޫރުވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ އެކު ކުރިއަށްދިޔަ ވާހަކަތައް ހުއްޓާލުމަށް ޓްރަމްޕް އަމުރުކުރައްވައިފިދުނިޔެ | ގަޑިއިރެއް ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއެކު އެމެރިކާގެ އެއާކްރާފްޓް ކެރިއަރުތަކަށް ބާރުބޮޑުވެ، އޭޝިއާ ސަރަހައްދު ހުސްވެއްޖެދުނިޔެ | 4 ދުވަސް ކުރިންޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | 10 ދުވަސް ކުރިންހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާނާއި އީރާނުގެ މަޝްވަރާތައް ކުރިއަށް، ހުޅުވޭނެ ދުވަހެއް ނޭނގޭދުނިޔެ | 11 ދުވަސް ކުރިން