logo
Bank of Maldives

Bank of Maldives

ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާނާއި އީރާނުގެ މަޝްވަރާތައް ކުރިއަށް، މަގު ހުޅުވޭނެ ދުވަހެއް ނޭނގޭ

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޯގަސްޓު 2026 - 04:11
ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާނާއި އީރާނުގެ މަޝްވަރާތައް ކުރިއަށް، ހުޅުވޭނެ ދުވަހެއް ނޭނގޭ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރި މަގެއް ގާއިމުކުރުމާ ގުޅޭގޮތުން އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ކާމިޔާބު ކަމަށް އޮމާނުން ބުނެފިއެވެ.

ނަމަވެސް، އެއްބަސްވުމަކަށް އާދެވުނު ކަމުގައި ވިޔަސް، ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ މި މުހިންމު ކަނޑުއޮޅި ވަގުތުން ހުޅުވައިނުލާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. ނަމަވެސް ކަނޑުއޮޅި އަލުން ހުޅުވައިލުން ބިނާވެފައިވަނީ އިތުރު ޝަރުތުތަކެއް ފުރިހަމަވުމުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި، ހަނގުރާމަ ހުއްޓާލުމަށް ޖޫން މަހު ސޮއިކުރި އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެފައިވާތީ، އޭގެ ބަދަލު އީރާނަށް ދިނުން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ ސެކިއުރިޓީ ޗީފް މުހައްމަދު ބާގިރު ޒުލްގަދަރު ވިދާޅުވި ގޮތުގައި، އެމެރިކާގެ އަމަލުތައް އިސްލާހު ނުކުރަނީސް ހޮރްމޫޒް ކަނޑުއޮޅި ހުޅުވައެއް ނުލާނެއެވެ. އޭނާ ވަނީ އެމެރިކާއިން ފުރިހަމަ ކުރަންޖެހޭ ހަ ޝަރުތެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އީރާނަށް ދެމުންދާ އިންޒާރުތައް ހުއްޓާލުމާއި، އީރާނުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމުގެ އިތުރުން، ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުން ހިމެނެއެވެ.

މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުންމީދީ ވާހަކަފުޅުތަކެއް ދެއްކެވި ނަމަވެސް، ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އެކަމަށް ޝައްކު އުފައްދަވާފައެވެ. ވެންސް ވިދާޅުވީ "އަހަރެމެން މިތިބީ މި ކަމުގެ މެދުތެރޭގައި" ކަމަށާއި، އަދި މިކަން ނުނިމޭ ކަމަށެވެ. އަދި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާތައް ކުރިއަށްދަނިކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އީރާނުން އެ ގައުމުގެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެޑްނޮކް ކުންފުނީގެ މި ޓޭންކަރަށް މިސައިލް ހަމަލާއެއް އަމާޒުވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. މީގެ އިތުރުން، އޮމާންގެ އައްސޭރިފަށުން ދަތުރުކުރި އުޅަނދަކަށް ވެސް ނޭނގޭ އެއްޗަކުން ހަމަލާދީފައިވާ ކަމަށް ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ވަނީ ރިޕޯޓުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާނާއި އީރާނުގެ މަޝްވަރާތައް ކުރިއަށް، ހުޅުވޭނެ ދުވަހެއް ނޭނގޭދުނިޔެ | ގަޑިއިރެއް ކުރިންއެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަކަށްނުދޭ: އީރާންދުނިޔެ | 4 ދުވަސް ކުރިންއީރާނާއި އެމެރިކާގެ އާ މަޝްވަރާތައް ހޯމަ ދުވަހު ފަށަނީދުނިޔެ | 6 ދުވަސް ކުރިންއީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 6 ދުވަސް ކުރިން