logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުގެ ޖައްބާރުކަން އިންތިހާއަށް، ޣައްޒާ ސުންނާފަތިކުރަނީ ވަކިތަނެއް ބެލުމެއް ނެތި!

ޒިދާން މުޙައްމަދު
29 ޖެނުއަރީ 2026 - 11:06
އިސްރާއީލުގެ ޖައްބާރުކަން އިންތިހާއަށް، ޣައްޒާ ސުންނާފަތިކުރަނީ ވަކިތަނެއް ބެލުމެއް ނެތި!

ހައްދުފަހައަޅާފައިވާ އިސްރާއީލުގެ ޒަޔަނިސްޓުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ނުހުއްޓޭއިރު އަދިވެސް ގިނަ ހަމަލާތައް އަމާޒުކުރަމުންދަނީ އާންމުން ދިރިއުޅޭ ތަންތަނަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިސްރާއީލުން މިފަހުން ދިން ގިނަ ހަމަލާތައް އަމާޒުކުރީ ވަގުތީ ހިޔާތަކަށާއި މީހުންގެ ތޮއްޖެހުން ބޮޑު ސަރަހައްދުތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާއަށް ދެމުންދާ ބޮންއެޅުމާއި ބޮޑުބަޑީގެ ހަމަލާތަކަށް ހުއްޓުމެއް ނެތް ކަމަށާއި އިސްރާއީލުން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް އަލް ޖަޒީރާގެ ވަޔަލޭޝަން ޓްރެކިންއިން ދައްކައެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އިޢުލާންކުރި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން އިސްރާއީލުން ވަނީ އެ އެއްބަސްވުމާ ކޮންމެ ދުވަހަކު ހަމަލާތައް ދީ އެތައް ފަހަރަކު ޚިލާފުވެފައެވެ.

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން 20 ޖެނުއަރީ 2026 އާ ހަމައަށް އިސްރާއީލުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ 1،500 ފަހަރު ހިލާފުވެފައެވެ.

އިސްރާއީލުން އާންމުންގެ ގަޔަށް 430 ފަހަރު ބަޑި ޖަހާފައިވާއިރު، 66 ފަހަރު "ޔެލޯ ލައިން" ގެ ބޭރުން މީހުން ދިރިއުޅޭ ސަރަހައްދުތައް ރެއިޑްކޮށް، 604 ފަހަރު ޣައްޒާއަށް ބޮން އަޅައި ހަމަލާދީ، 200 ފަހަރު މީހުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއިން ފަލަސްތީނުގެ 50 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުން ދަނީ އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވައި، އެ ސަރަހައްދުގެ ގެދޮރާއި އިމާރާތްތައް ހަލާކު ކުރަމުންނެވެ.

ހަމަލާތައް ހުއްޓާލުމަށް ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާއަތާއި އިސްރާއީލުގެ މުޖުރިމުންނާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް މީހުން ޝަހީދުކުރުމުގެ ޖަރިމާތައް އިސްރާއީލުން އަދިވެސް ކުރިއަށްގެންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުނަ، ޣައްޒާގައި ދިން ނިރުބަވެރި ހަމަލާއެއްގައި އިސްރާއީލުގެ މުޖުރިމުން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ފަލަސްތީނުގެ އިތުރު ބަޔަކު ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ ޝެއިޚް ރަދްވާން އަވަށުގެ ތިން ބުރީގެ އިމާރާތަކަށް ބޮން އަޅައި ބިމާ ހަމަކޮށްލާފައެވެ. އަދި ގައުކުނޑިތަކުގެ ދަށުވި ފަސް މީހަކު ޣައްޒާގެ ސަލާމަތީބާރުތަކުން ވަނީ ސަލާމަތްކޮށްފައެވެ.

އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމު "ނަމެއްގައި" މެދުކަނޑައިލާފައި ވަނީ އޮކްޓޫބަރު 10 ދުވަހުއެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި ޤަޠަރުން ވަނީ އެމެރިކާއާ ގުޅި، މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ.

ނަމަވެސް، އެއްބަސްވުން ތަންފީޒު ކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 395 އަށް އުފުލިފައިވާއިރު، އިތުރު 1,075 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލުޚަބަރު | 15 ދުވަސް ކުރިންއިސްރާއީލުގެ ސަލާމަތަށްޓަކާ ޣައްޒާ ނައްތާލަން ޖެހޭ: ލިންޑްސީދުނިޔެ | 16 ދުވަސް ކުރިންއިސްރޭލުގެ ރައީސް އޮސްޓްރޭލިއާ އަށް - އާންމުންގެ ނުރުހުން ދުނިޔެ | މަހެއް ކުރިންއިސްރާއީލުގެ ޖައްބާރުކަން އިންތިހާއަށް، ޣައްޒާ ސުންނާފަތިކުރަނީ ވަކިތަނެއް ބެލުމެއް ނެތި!ދުނިޔެ | މަހެއް ކުރިން