logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރޭލުގެ ރައީސް އޮސްޓްރޭލިއާ އަށް - އާންމުންގެ ނުރުހުން

މުޙައްމަދު އަފްރާޙް
10 ފެބްރުއަރީ 2026 - 05:57
އިސްރޭލުގެ ރައީސް އޮސްޓްރޭލިއާ އަށް - އާންމުންގެ ނުރުހުން

އިސްރޭލުގެ ރައީސް، އައިޒެކް ހަރޒޮގް އޮސްޓްރޭލިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރާ ގުޅިގެން އޮސްޓްރޭލިއާގެ ރައްޔިތުން ނުރުހުން ފާޅުކޮށް، އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސްގެ ދައުވަތަކަށް ހަރޒޮގް އޮސްޓްރޭލިއާ އަށް ކުރާ މި ދަތުފުޅާ ގުޅިގެން ފަލަސްތީންގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތަކުން އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި ވަނީ އިހްތިޖާޖުތައް ރާވާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިހުތިޖާޖުގެ ބައިވެރިން ބުނަމުންދަނީ ހަރޒޮގްއަކީ ފަލަސްތީންގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގެ ބައިވެރިއެކެވެ. އަދި މިއީ ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދަކުރުމުގެ ޢަމަލުތަކަށް އޮސްޓްރޭލިއާގެ ސަރުކާރުން ވާގިވެރިވުމުގެ ޢަމަލެއްގެ ގޮތުގައި ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ސިފަކޮށްފައެވެ.

އިހުތިޖާޖުތައް ކުރަމުންދާ ސަރަޙައްދުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުން ވަނީ ވަރުގަދަކޮށްފައެވެ.
ބައެއް ހިސާބުތަކުގައި އިހުތިޖާޖުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ވެސް ދަނީ ހިނގަމުންނެވެ. އެ ކުރިމަތިލުންތަކާ ގުޅިގެން އިހުތިޖާޖު ކުރި މީހުންގެ ތެރެއިން ބަޔަކު ހައްޔަރުކުރި ކަމަށް ވެސް ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގެ މައެއްގެ ދެ ދަރިން ޝަހީދުކޮށްލުމުން ކުރި އަސަރުގަދަ ވަދާއީ ސަލާމް، '' އޭ ދުނިޔެއާ، އެ ކުދިން ކުރީ ކޮން ކުށެއް؟''ދުނިޔެ | 12 ދުވަސް ކުރިންފީފާ ކޮންފަރެންސްގައި ބައިވެރިވާ ފަލަސްޠީނުގެ ޑެލިގޭޓުންނަށް ވިސާދޭން ޑެންމާކުން ދެކޮޅުހަދައިފިކުޅިވަރު | 18 ދުވަސް ކުރިންއޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރިން 1،700 ފަލަސްތީނު ކުދިން ހައްޔަރުކޮށްފައިވޭ: ރިޕޯޓްދުނިޔެ | 20 ދުވަސް ކުރިންއިސްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ މުހައްމަދު ވިޝާހް ޝަހީދުކޮށްލައިފިދުނިޔެ | މަހެއް ކުރިން