logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަނގުރާމަ ހުއްޓާލާފައި އޮތީ ނަމެއްގައި، އިއްޔެވެސް ޔަހޫދީންގެ ވައިގެ ހަމަލާތަކެއް ޣައްޒާއަށް

އިސްމާޢިލް ރާތިޢު
4 ޑިސެމްބަރު 2025 - 12:07
ފޮޓޯ: އޭޕީ ނިއުސް
ފޮޓޯ: އޭޕީ ނިއުސް

ޔަހޫދީންނާއި ހަމާސްއާ ދެމެދު ކުރެވެމުންދާ ހަނގުރާމަ، ނަމެއްގައި ހުއްޓާލާފައިވީނަމަވެސް އިއްޔެވެސް ޣައްޒާގެ ދެކުނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވާކަން ޔަހޫދީން ހާމަކޮށްފިއެވެ.

ޔަހޫދީން ބުނެފައިވާގޮތުން ޚާން ޔޫނިސްއަށް އަމާޒުކޮށް ދީފައިވާ މި ހަމަލާއަކީ، ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއެއްގެ ބަދަލުގައި ދިފައިވާ ހަމަލާއެކެވެ. އަދި ހަމާސްއިން ދީފައިވާ ހަމަލާގައި ޔަހޫދީންގެ ފަސް ސިފައިން ޒަޚަމްވެފައިވާ ކަމަށް ޔަހޫދީން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚާން ޔޫނިސްއަށް އަމާޒުކޮށް ޔަހޫދީން ހަމަލާދީފައިވާއިރު، ޣައްޒާގައި ތިބި އަސީރުންގެ ތެރެއިން އެންމެ ފަހު މީހާގެ ހަށިގަނޑު އިއްޔެގެ ވަގުތެއްގައި ޔަހޫދީންނާ ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެއަށްފަހު މިޞްރުގެ ސަރަހައްދަކުން، ފަލަސްޠީނު އަސީރުން ދޫކުރަން ފަށާނެކަމަށްވެސް ޔަހޫދީން ބުނެފައިވެއެވެ.

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނިގޮތުގައި ހަމާސްއިން ވަނީ ޔަހޫދީ ސިފައިންގެ ބާރުގެދަށުގައިވާ ސަރަހައްދަކަށް ވަދެގަނެ، އެމީހުންގެ ސިފައިންތަކަކަށް ހަމަލާދީ، ހަނގުރާމަ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައެވެ.

މީގެ ކުރިންވެސް ޔަހޫދީން، ހަމާސްއިން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށްބުނެ ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފައިވެއެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ފަހުކޮޅު ދިން ހަމަލާތަކުގައި 104 މީހުން މަރުވެފައިވާ އިރު، ނޮވެމްބަރު މަހުގެ ފަހުކޮޅު ދިން ހަމަލާތަކުގައި 33 މީހަކު މަރުވެފައިވެއެވެ.

ހަމާސްއިން 7 އޮކްޓޯބަރު 2023 ގެ ހަމަލާގައި އަސީރުންގެ ގޮތުގައި ގެންދިޔަ އެންމެން ދޫކޮށްލުމަކީ އެންމެފަހުން ވެވިފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ މުހައްމަދު ވިޝާހް ޝަހީދުކޮށްލައިފިދުނިޔެ | 3 މަސް ކުރިންއިޒްރޭލުން ކުރަމުންދާ ހަނގުރާމަތަކުގެ ޚަރަދު 15 ބިލިއަން ޑޮލަރަށް އަރައިފިދުނިޔެ | 3 މަސް ކުރިންއިސްރާއީލުން ފާސްކުރި މަރުގެ އަދަބުގެ ގާނޫނު ތަންފީޒުކުރުމަކީ ހަނގުރާމައިގެ ކުށެއް: އދ.ދުނިޔެ | 4 މަސް ކުރިންއިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލުޚަބަރު | 5 މަސް ކުރިން