އޮޅުވާލަން ހުޅަނގަށް ފުރުސަތުނުދީ، އިސްރާއީލުން ހަނގުރާމަ ކުރަނީ ހުރިހާ މުސްލިމުންނާ: މައުމޫން


28 ސެޕްޓެމްބަރު 2024 - 11:50
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ހަނގުރާމަ ކުރަމުން ދަނީ ހުރިހާ މުސްލިމުންނާކަމަށާއި، ހުޅަނގުގެ ޤައުމުތަކުން އެކަން އޮޅުވާލަން މަސައްކަތްކުރާކަމަށާއި، އެ ފުރުސަތު ނުދިނުމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް މިއަދު ގޮވައިލަށްވައިފިއެވެ.
މައުމޫން މިހެން ގޮވައިލެއްވީ އެކްސްގައި ޚިޔާލުފާޅުކުރައްވަމުން ކުރެއްވި ޕޯސްޓެއްގައެވެ.
މައުމޫން ވިދާޅުވެފައި ވަނީ އިސްރާއީލުން ހަނގުރާމަ ކުރަނީ ހަމައެކަނި ޙިޒްބު ﷲ އަކާނޫން ކަމަށެވެ. އިސްރާއީލުން ހަނގުރާމަ ކުރަމުން ދަނީ ހުރިހާ ޢަރަބީންނާ އަދި ހުރިހާ މުސްލިމުންނާ ކަމަށް މައުމޫން ވިދާޅުވެފައެވެ.
'' ހުޅަނގުގެ ޤައުމުތަކުން މިކަން އޮޅުވާލިޔަ ނުދެއްވާ!'' މައުމޫން ވިދާޅުވެފައެވެ.
އިސްރާއީލުން ހިނގަމުންދާ ޓެރަރިޒަމްގެ ޢަމަލުތައް ފަސްއަޅާ ފޮރުވަން ޒަމާނުއްސުރެ ހުޅަނގުގެ ޤައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިސްރާއީލްގެ ޖަރީމާތައް ފޮރުވަން ހުޅަނގުގެ މީޑިއާއިން ވާގިވެރިވެ، ހަގީގަތް އޮޅުވާލަން މަސައްކަތް ކުރެއެވެ.
މީގެ އެތައް އަހަރެއް ކުރީން ފަލަސްތީނުގެ ބިންތައް ފޭރި އިސްރާއީލުން ހިންގާ ކަންކަން ހިންގަމުންދަނީ ހުޅަނގުގެ ފުރިހަމަ މަދަދާއި ތާއިދާއެކުގައެވެ. އަދި ލުބްނާނާއި އެހެން އިސްލާމީ ޤައުމުތަކާއި ދެކޮޅަށް އިސްރާއީލުން އަނިޔާވެރިކަން އިސްކޮށްފައިވަނީ ވެސް ހުޅަނގުގެ މަދަދާއެކުގައެވެ.
އިތުރު ލިޔުންތައް

ނަސްރުގެ ދުވަހުން ލިބޭ ފިލާވަޅަކީ ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން: މައުމޫން
5 މަސް ކުރިން
ސީރިޔާގެ ރައީސް ޤައުމު ދޫކުރައްވާ ވަޑައިގަންނަވަން ޖެހުމުން ހިތާމަކުރަން: މައުމޫން
4 މަސް ކުރިން
ޑީއާރުޕީ ދަރަންޏަށް މައުމޫން ޒިންމާވާންޖެހޭ ކަމަށް ބުނާ މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި
3 މަސް ކުރިން