logoEN
ޚަބަރު

ޑީއާރުޕީ ދަރަންޏަށް މައުމޫން ޒިންމާވާންޖެހޭ ކަމަށް ބުނާ މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

ހުސައިން ވަސީމްހުސައިން ވަސީމް

19 ޖެނުއަރީ 2025 - 11:43

ޑީއާރުޕީން އެމްޓީސީސީ އަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެޕާޓީގެ ބާނީ އަދި ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ނުކުރެވޭނެ ކަމަށް ބުނެ ހައިކޯޓަށ ްހުށަހެޅި އިސްތިއުނާފްގެ މައްސަލަ އެކޯޓުގައި ކުރިއަށްގެންދާތީ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފި އެވެ.

އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އަކީ ރައީސް މައުމޫނު ޑީއާރުޕީ ހިންގެވި އިރު އެޕާޓީން އެމްޓީސީސީ އިން ކުރި ދަތުރު ތަކަށާއި އެކުންފުނިން ހޯދި އެކި ހިދުމަތްތަކަށް ޑީއާރުޕީ އިން އޭރު ދައްކަން ޖެހޭ ފައިސާ އެވެ. އެމައްސަލާގައި މީގެ ކުރިން އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.އެހެން ނަމަވެސް އެފައިސާ ހުކުމާ އެއްގޮތަށް ދައްކަމުން ނުދާތީވެ އެމްޓީސީސީ އިން ކޯޓުގައި އެދުނީ އެ ދަރަނީ އުފެދުނު އިރު ޕާޓީގެ އިސްމަގާމުގައި ހުންނެވީ ރައީސް މައުމޫން ކަމަށްވާތީ އެ ދަރަންޏަށް ރައީސް މައުމޫން ޒިންމާ ކުރުވުމަށެވެ.

އެމްޓީސީސީ އިން އެދުނު ގޮތަށް ރައީސް މައުމޫން އެ ދަރަނި ދައްކަން އަމުރު ކޮށްދެވެން ނެތް ކަމަށް ޖޫން 2023 ގައި ސިވިލްކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެހެންވެ އެމްޓީސީސީ އިން އެމައްސަލަ މިދިޔަ ހަފްތާގައި ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެމްޓީސީސީން އެދުނު ގޮތަށް އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ރައީސް މައުމޫންގެ ފަރާތުން ހައިކޯޓުގައި ވަނީ އެދިފަ އެވެ.ނަމަވެސް ހައި ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.ހައިކޯޓުގެ އެ ނިންމުން ރައީސް މައުމޫންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

އެހެންވެ، ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓަށް މައުމޫންގެ ފަރާޔުން ހުށަހެޅި އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށަން ތާވަލުކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 9:00 އަށެވެ.

ރައީސް މައުމޫން 2008 ވަނަ އަހަރު އުފެއްދެވި ޑީއާރުޕީ މިހާރު ވަނީ އުވާލަފަ އެވެ. އަދި އޭގެ ފަހުން ރައީސް މައުމޫން ވަނީ ޕީޕީއެމް ނަމުގައި އައު ސިޔާސީ ޕާޓީ އެއް އުފައްދަވާފަ އެވެ. ޕީޕީއެމް ތެރޭ އުފެދުނު ދެބައިވުމާށް ފަހު ޕީޕީއެމް އިން ވަކިވެވަޑައިގެން އެމްއާރުއެމް ނަމުގައި ރައީސް މައުމޫން ފަހުން ސިޔާސީ ޕާޓީ އެއް އުފެއްދެވި އެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder