logo
MPL

MPL

ރިޕޯޓް

ނަޝީދަކީ ބްރިޖެއްގެ ތަސައްވުރެއް ނެތް ސޮހޮލެއް

އަޙުމަދު ރަމީޒު
25 ނޮވެމްބަރު 2026 - 04:55
ނަޝީދަކީ ބްރިޖެއްގެ ތަސައްވުރެއް ނެތް ސޮހޮލެއް

މާލެ އާއި ހުޅުލެ ބްރިޖަކުން ގުޅާލުމުގެ ތަސައްވުރެއް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެންމެ ފުރަތަމަ ހާމަކުރެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

ދުރުމުސްތަގުބަލްގެ ތަރައްގީއަކަށް ވިސްނާ ވަޑައިގެން ރައީސް މައުމޫންގެ އެ ތަސައްވުރު ހާމަކުރެއްވުމާއެކު އެކަމަށް އޭރު އެންމެ ބޮޑަށް ޖޯކު ޖެހީ އިދިކޮޅު އެމްޑީޕީންނެވެ. ވަކިން ހާއްސަކޮށް އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް މައުމޫން ގެންގުޅުއްވި ބްރިޖު އެޅުމުގެ ވިސްނުމަށް މަލާމާތް ކުރައްވާފަ އެވެ. އަދި އެމްޑީޕީން ވަނީ ސިނަމާލެ ބްރިޖު އެޅީމާ އެސަރަހައްދުގައި ނަގާ ރާޅުތަކަށް ގެއްލުންވާނެ ކަމަށް ބުނެ ރާޅުގެ ހިމާޔަތާއި ދިފާއުގައި މުޒާހަރާވެސްކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަޝީދުގެ ކޮށި ވިސްނުމުގައި މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަޝީދުގެ ވިސްނުން ހުންނަނީ ނޭފަތު ކުރިއާ ހަމައަށް ކަމަށްވާތީ، މަލްޓި މިލިއަން ޑޮލަރުގެ ބްރިޖެއް އަޅާނެ ގޮތުގެ ތަސައްވުރެއް އޭނާގެ ސިކުނޑީގައި ނެތުމަކީ ވެދާނެ ކަމެއްތާ އެވެ.

"ބްރިޖެއް ނޭޅޭނެ. އަޅުގަނޑަށް ރައީސް މައުމޫން ވިދާޅުވެ ބައްލަވާ ކީއްތޯ ކުރައްވަން ތިޔަ އުޅުއްވަނީ. ހުޅުލެއާއި މާލެއާ ދޭތެރޭގައި ބްރިޖެއް އަޅުއްވައިގެން ކޯއްޗެއް ހައްދަވަންތޯ ތިއުޅުއްވަނީ. މައުމޫން ނިކަން ވިދާޅުވެދެއްވަބައްލަވާ ތި ބްރިޖެއް އެޅީމާ ދެންވާނެ ގޮތެއް އެޅިޔަސްވެސް.  ކިހިނެއްތޯއޭ އަޅަނީ. ކޮބައިތޯއޭ ތީގެ އިންޖިނޭރިންއަކީ. ކާކުތޯއޭ ބުނީ ތިޔަ އެޅޭނޭ. ކިހިނެއްތޯއޭ އޭގެ ފައިސާ ހޯއްދަވަނީ. ހަމަ މީހުންގެ ލޮލުގައި އަނދުއްއަޅުއްވަމުން ނުހިންގަވާށޭ. ތިވަރަށް އޮޅުވާ ނުލައްވާށޭ،" ރައީސް މައުމޫން ބްރިޖެއްގެ ތަސައްވުރު ހިއްސާކުރެއްވީމާ ނަޝީދުގެ ބަލި ސިކުނޑިން ވިސްނާފައި ނަޝީދު ބުނެފައިވެ އެވެ.

ނަޝީދަކީ އިނގިރޭސިވިލާތުގައި ގިނަ އަހަރުތަކެއްގައި ދިރިއުޅުއްވާފައިވާ އަދި ވަރަށް ގިނައިން އެ ގައުމަށް ދަތުރުކުރައްވާ ބޭފުޅެކެވެ. އިނގިރޭސިވިލާތާއި ފްރާންސާ ދެމެދު ކަނޑުހުރަސްކޮށް، މަލްޓިމިލިއަން ޑޮލަރުގެ ޓަނަލެއް އަޅާފައިވާއިރު، ކިލޯމީޓަރެއްހާ ދުރުމިނުގައި އޮތް ދެ ރަށެއްގެ ދެމެދުގައި، ބްރިޖެއް އެޅިދާނެ ކަމުގެ ވިސްނުމާއި ތަސައްވުރެއް، ނަޝީދަށް ލިބިފައި ނެތުމަކީ ގައުމެއްގެ ވެރިކަމަށް އޭނާ ކުފޫހަމަނުވާ ކަމުގެ އަލިގަދަ ހެއްކެކެވެ.

ނަޝީދު އިސްވެ ހުންނެވި އިދިކޮޅު އެމްޑީޕީއަކީ ކަރުދާހުގައި މޮޅެތި ކުރެހުންތައް ކުރެހުމަށާއި، ތިމާގެ އިސްކޮޅަށްވުރެ ބޮޑެތި ވާހަކަދެއްކުމުގައި ނަމޫނާ ބައެކެވެ. އެކަމަކު ގައުމަށް ފައިދާ ހުރި މުހިއްމު ނިންމުންތައް ނިންމުމާއި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމުގައި އެމްޑީޕީގެ ސަރުކާރުތަކަކީ ފެއިލްވެފައިވާ ސަރުކާރުތަކެކެވެ.

ބްރިޖެއް އެޅިދާނެ ކަމުގެ ވިސްނުމެއް އެމްޑީޕީގެ އިސްވެރިންނަށް ލިބިފައި ނެތްއިރު، އެކުވެރި އަރަބި އިމާރާތުގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރާ’މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ‘ މަޝްރޫއު ހަގީގަތަކަށް ހަދާނެ ގޮތާއި، އޭގެތެރެއިން ދިވެހިންނަށް ލިބޭނެ ފައިދާއާ މެދު ވިސްނާލުމަކީވެސް، އެމްޑީޕީގެ އިސްވެރިންގެ ސިކުނޑީގައި ހުންނާނެ ތެއްކަމެއް ނޫނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދަކީ ބްރިޖެއްގެ ތަސައްވުރެއް ނެތް ސޮހޮލެއްރިޕޯޓް | ގަޑިއިރެއް ކުރިންނަޝީދު: އެއްވެސް ކަމެއްގައި ސާބިތުކަމެއް ނެތް ދެ އަނގައިގެ ވެރިޔާރިޕޯޓް | ދުވަހެއް ކުރިން''ޓަކާޓަކާ'' މަޅީގައި ޖެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ރޭވުމެއް: ނަޝީދުޚަބަރު | 6 ދުވަސް ކުރިންދިވެހިންގެ ރީތި އާދަތައް ގެއްލުވާލީ އެމްޑީޕީއާއި ނަޝީދުގެ ސިޔާސީ މަންފާއަށްރިޕޯޓް | 9 ދުވަސް ކުރިން