logo
MPL

MPL

ޚަބަރު

''ޓަކާޓަކާ'' މަޅީގައި ޖެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ރޭވުމެއް: ނަޝީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ނޮވެމްބަރު 2026 - 11:11
ރަސްމާލެ މަޝްރޫޢު ހުއްޓުވާލުމުގެ ބޭނުމުގައި އިދިކޮޅު ބައެއް ފަރާތްތަކުން އެއްވެފައި
ރަސްމާލެ މަޝްރޫޢު ހުއްޓުވާލުމުގެ ބޭނުމުގައި އިދިކޮޅު ބައެއް ފަރާތްތަކުން އެއްވެފައި

 

ދިވެހި އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ހުތުރުވެގެންވާ، ހީލަތްތެރި ރޭވުމެއް ކަމަށާއި އެއީ ރާއްޖެ ނިކަމެތިކަންމަތީ ބޭއްވުމަށް ޖަހާ މަޅިއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ދަންނަ އެމްޑީޕީއަކީ އަމިއްލަ ވިސްނުން ނޭފަތު ކުރިއަށް ވުރެ ދުރަށް، އަދި ރަށު ގޮނޑުދޮށުންނާއި އަތޮޅު ދުނިން ބޭރަށް، އަދި ރާއްޖޭގެ އިންފާރުން ބޭރަށް ވިސްނުން ގެންދިއުމަށް އުފެދިގެން އައި ޕާޓީއެއް ކަމަށެވެ. އަދި އެއީ ސިންދަފާތު (މަލްޓިކަލްޗަރަލް) އަދި ލިބަރަލް ވިސްނުމުގެ ޕާޓީއެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ދެކޭ ގޮތުގައި ދިވެހި ރައްޔިތުން އެދެނީ ތަނަވަސްކަމާއި، ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށެވެ.

 

View post on Twitter

 

ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބޭބޭފުޅުންގެ ގެދޮރާއި ބިން ސްރީލަންކާގަޔާއި މާލޭގައި ހުރެމެ، އަދި އެ ބޭފުޅުންގެ ދަރިންވެސް ބޭރު މީހުންނާ ކައިވެނިކޮށްގެން ބައިތިއްބާފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަށް ތަކާ ތަކާ ގޮވައިގެން އުޅުމަކީ ނާތަހުޒީބު އަދި ނުރައްކާތެރި ކަމެއް ކަމަށެވެ.

ނަޝީދަކީ، ރަސްމާލޭގައި މި ސަރުކާރުން ހިންގަން މަސައްކަތްކުރަމުން އަންނަ ސަރަހައްދުގެ މަލަމަތި ބަދަލުކޮށްލާނެ ވަރުގަދަ މަޝްރޫޢުއަށް ވަރަށް ބޮޑަށް ތާއީދު ކުރަށްވާ ބޭފުޅެކެވެ. ނަޝީދު މި ރަށްދުދެއްވީ އެ މަޝްރޫޢުއާއި ގުޅުވައި ބައެއް ދީނީ ޢިލްމުވެރިން ދައްކަވާ ވާހަކަތަކާއި ގުޅުވައިކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޓަކާޓަކާ'' މަޅީގައި ޖެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ރޭވުމެއް: ނަޝީދުޚަބަރު | 21 މިނިޓު ކުރިންދިވެހިންގެ ރީތި އާދަތައް ގެއްލުވާލީ އެމްޑީޕީއާއި ނަޝީދުގެ ސިޔާސީ މަންފާއަށްރިޕޯޓް | 3 ދުވަސް ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | 8 ދުވަސް ކުރިންރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީޚަބަރު | 8 ދުވަސް ކުރިން