logo
MPL

MPL

ރިޕޯޓް

ދިވެހިންގެ ރީތި އާދަތައް ގެއްލުވާލީ އެމްޑީޕީއާއި ނަޝީދުގެ ސިޔާސީ މަންފާއަށް

އަޙުމަދު ރަމީޒު
16 ނޮވެމްބަރު 2026 - 03:31
ނަޝީދާއި އެމްޑީޕީއާ އެކު އުޅޭ މީހުން
ނަޝީދާއި އެމްޑީޕީއާ އެކު އުޅޭ މީހުން

ދިވެހިންނަކީ މީހުންނަށް އިހްތިރާމު ކުރުމުގެ ރީތި މާޒީއެއް އޮތް ބައެކެވެ. ވެރިންނަށް ކިޔަމަންވުމާއި، މައިންބަފައިންނަށް ކަމޭހިތައި އޯގާތެރިވުމާއި، ކުޑަކުދިންނަށް އަޅާލުން ދިނުމުގައި، ދިވެހިންގެ ފަރާތުން ފެނުނީ ރީތި ސިފަތަކެކެވެ. އަވަށްޓެރިންގެ ހާލު ބަލައި، އެ މީހުންނަށް ދީލަތިކަމާއެކު އެހީވުމަކީ ދިވެހިން އިސްކަންދިން ކަމެކެވެ. ރާއްޖެއަށް އަންނަ މެހްމާނުންނަށް މަރުހަބާ ކިޔުމުގައިވެސް ދިވެހިންނަކީ މުޅި ދުނިޔެއަށް މިސާލެކެވެ. ދިވެހި ތާރީޚީ ލިޔުންތަކުން، ދިވެހިން އެހެން މީހުންނަށް އިހްތިރާމު ކުރާ ގޮތާއި، ގަދަރުކުރާ ގޮތުގެ އެތައް މިސާލެއް ފެންނަންވެސް އެބަހުއްޓެވެ.

ދިވެހިންގެ ތެރޭގައި ހުރި އިހްތިރާމު ކުރުމުގެ ރީތި ސިފަތައް ގެއްލެމުންދާތީ، އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ  ސަރުކާރުން މިވަނީ ފަށާފަ އެވެ. ގައުމަށް ހެޔޮ އެދިގެން މުހިއްމު މަގުސަދެއްގައި އިހްތިރާމު އަދާކުރުމުގެ ކެމްޕޭނެއް ފެށުމުން އިދިކޮޅު އެމްޑީޕީން މިހާރު ވަނީ އެކަމަށްވެސް ހަޖޫޖަހަން ފަށާފައެވެ. ގައުމީ މިފަދަ ކޮންމެ ކަމެއް ސިޔާސީކޮށްގެން، ދިވެހިންގެ ތެރޭގައި އޮތް އިހްތިރާމު ކުރުމުގެ ރީތި ސިފަ ގެއްލުވާލުމަކީ އެމްޑީޕީން އަބަދުވެސް އަމަލުކުރާ ގޮތެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖެއަށް އިސްލާހީ ބަދަލު ގެނައުމުގެ ނަމުގައި އެމްޑީޕީ ކިޔާ ހަރުކަށި ފިކުރުގެ ޖަމާއަތެއް ތައާރަފްވީ ދުވަހުން ފެށިގެން ދިވެހިންގެ ރީތި އާދަތަކަށް ވަނީ ހީނަރުކަމެއް އައިސްފައެވެ. ދިވެހިންނަކީ، އެމީހުންގެ މައްޗަށް ތިބި ވެރިންގެ އެންގުންތަކަށް އިހްތިރާމުކޮށް، ގައުމީ ކަންކަމުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި މީގެކުރިން މަސައްކަތް ކުރި ބައެކެވެ. ނަމަވެސް ވެރިންނަކީ ރައްޔިތުންގެ ޚާދިމުން ކަމަށް ބުނެދީ، މުޅި އެ މަފްހޫމު އެމްޑީޕީން ވަނީ އޮޅުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން ވެރިންނަށް އިހްތިރާމު ކުޑަކުރުމާއި، ހަޑިހުތުރު ނަން ނަމުން ވެރިންނާ މުހާތަބު ކުރުން މިއަދު ވަނީ އާންމު އާދައިގެން ކަމަކަށްވެފައެވެ. މިއީ ސީދާ އެމްޑީޕީން ރާއްޖޭގައި ފަތުރަމުންދާ ނުބައި އާދައެކެވެ.

މާޒީއަށް ބަލާއިރު ދިވެހިންނަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވެ، ސަމާލުކަން ދިން ބައެކެވެ. އެކަމަކު އެމްޑީޕީން ޕްރޮމޯޓް ކުރަމުން ދިޔަ، "ބިރަކާ ނުލައި މަޖާކުރުން" ފަދަ ބަސްތަކާއި، "މިނިވަން ހިޔާލާއި، ތަފާތުފިކުރުތައް" ފަދަ ބަސްތަކަކީ، ދިވެހިން ގަބޫލުކޮށްގެން ތިބި މާތްވެގެންވާ އިސްލާމު ދީނުގެ އުސޫލުތަކާ ދިވެހިން ދުރަށް ގެންދިޔަ ބަސް މަގެކެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ބައެއް ދިވެހިންނަކީ ސިޔާސީ އެއްވުންތަކާއި، ސޯޝަލްމީޑިއާގައި ދުލަށް އައިހާ އެއްޗެއް ގޮވަމުންދާ ބައެކެވެ. ފޭސްބުކާއި ޓިކްޓޮކް ފަދަ އެތައް ބަޔަކު ބޭނުންކުރާ ސޯޝަލްމީޑިއާގެ މަންސަތަކުގައި، ބައެއް ދިވެހިންގެ އަމަލުތައް ހުންނަނީވެސް އާންމު އުސޫލުތަކާއި، ދިވެހިންގެ ސަގާފަތާ ވަރަށް ބޮޑަށްވެސް ބީރަށްޓެހި ގޮތަކަށެވެ.

އިސްލާހީ ބަދަލުގެ ނަމުގައި ރާއްޖެއަށް މިއަދު އައިސްފައިވާ ނޭދެވޭ ބަދަލުތަކުގެ ވަރަށް ބޮޑު ޒިންމާއެއް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަގަންޖެހެ އެވެ. ސަބަބަކީ ނަޝީދަކީ ޒާތްޒާތުގެ ބަސްތަކުން ވެރިންނާ މުހާތަބުކޮށް، ބިރަކާ ނުލައި މަޖާކުރުމަށް ދިވެހިންނަށް އެންމެން ބޮޑަށް ހިތްވަރު ދިން އެކަކު ކަމަށްވާތީ އެވެ. ސީދާ ނަޝީދު އިސްވެ ހުރެގެން، ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ސަލާމަތީ ބާރުތަކަށް ދިވެހިން ކުރި އިހްތިރާމާއި އިތުބާރު ވަނީ ގެއްލުވާލާފައެވެ. މީގެއިތުރުން ތަޅާކުދިން ހޯދައިގެން މީހުންގެ ގައިގައި ތެޅުމަށާއި، ދީނީ މިނިވަންކަމަށް ހިތްވަރު ލިބޭ ގޮތަށް އެތައް ތަނެއްގައި ފާޅުގައި ނަޝީދު ވާހަކަދައްކާފައިވެ އެވެ.

އެމްޑީޕީއާއި ނަޝީދު ޕްރޮމޯޓް ކުރަމުންދާ، ދިވެހިންނާ ގުޅުންކުޑަ ލާދީނީ އަމަލުތަކުގެ ސަބަބުން، ދިވެހިންގެ މެދުގައި އޮތް އިހްތިރާމު ކުރުމުގެ ރީތި އާދަތައް، ގެއްލިގެން ދިއުމަކީ ހައްލު ހޯދަންޖެހިފައި އޮތް ގައުމީ މައްސަލައެކެވެ. އެހެންކަމުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ފެށި، އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ދިވެހިންގެ، ދިވެހިވަންތަ ދިރިއުޅުން އަލުން ހޯދުމަށް ހުޅުވައިދޭނެ މަގެކެވެ. ދިވެހިންގެ މާޒީން ފެނިގެން ދިޔަ، އިހްތިރާމު ކުރުމުގެ ރީތި އާދަ އަލުން ދިރުވައިދޭނެ ދަންމަރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންގެ ރީތި އާދަތައް ގެއްލުވާލީ އެމްޑީޕީއާއި ނަޝީދުގެ ސިޔާސީ މަންފާއަށްރިޕޯޓް | ގަޑިއިރެއް ކުރިންއިހްތިރާމުކޮށް ގަދަރުކުރާ މުޖުތަމައެއް ބިނާކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންއެމްޑީޕީ ސަރުކާރުގައި ބާޣީންނާއި ޚާއިނުންނަށް އިއްޒަތާއި ޝަރަފް، ދިވެހިންނަށް ފުރައްސާރަރިޕޯޓް | 7 ދުވަސް ކުރިންގައުމީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ނަޝީދުގެ މުށުތެރެއަށް އެމްޑީޕީރިޕޯޓް | 8 ދުވަސް ކުރިން