logo
MPL

MPL

ރިޕޯޓް

ނަޝީދު: އެއްވެސް ކަމެއްގައި ސާބިތުކަމެއް ނެތް ދެ އަނގައިގެ ވެރިޔާ

އަޙުމަދު ރަމީޒު
24 ނޮވެމްބަރު 2026 - 03:15
ނަޝީދުގެ އޭރާއި މިހާރު
ނަޝީދުގެ އޭރާއި މިހާރު

ގަލޮޅު ކެނެރީގޭ މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުގައި އޭނާ ފެންނަނީ އެއްކަމެއްގައިވެސް އެތައް ގޮތަކަށް ވާހަކަދައްކާ މީހެއް ގޮތަށެވެ. ސިޔާސީ މަސައްކަތްތަކުގައިވެސް ފަހަކަށް އައިސް ނަޝީދުގެ އަމަލުތަކުން އެނގި ހާމަވަނީ އެއްގޮތެއްގައި ސާބިތުވެ ހުރޭ މީހެއް ނޫންކަމެވެ.

ނަޝީދުގެ ސިޔާސީ މަސައްކަތްތަކުގައި އެންމެ ބޮޑަށް ބޭނުންކުރާ އެއް ޝިއާރަކީ ނަޝީދު އަމިއްލައަށް އެތައް ޖަލްސާއެއްގައި ބުނެފައިވާ "އަބަދު އެންމެން ހަމައިގައި ތިބޭކަށް ނުވާނެ" ކަމަށް ބުނާ ޝިއާރެވެ. އެއީ ނަޝީދުގެ ސިޔާސީ އަމަލުތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ޝިއާރެއްކަން ޔަގީންކުރެވޭ ވަރަށް ސިޔާސީ މަސައްކަތްތަކުގައި ނަޝީދު ވަނީ ހަމައިން ނައްޓާލާފައެވެ. އެހެންކަމުން ނަޝީދަކީ ހުންގާނެއް ނެތް އޮޑިއެކޭ އެއްފަދަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމުގެ އެންމެ ސާފު ހެއްކަކީ ނަޝީދުގެ ބައިވެރިވުމާއެކު އުފެއްދި އެމްޑީޕީއާ މެދު އޭނާ އަމަލުކުރި ނާތަހުޒީބު ގޮތެވެ. ދެހާސް ތޭވީސް ވަނަ އަހަރު އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން، އެ ޕާޓީއަށް އެންމެ ހުތުރުކޮށް އެންމެ ބޮޑަށް ފާޑުކ މީހަކީވެސް ނަޝީދު އެވެ.

އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނެ ތަކުރާރުކޮށް އެ ޕާޓީއަށް އިންޒާރުވެސް ދިނެވެ. އެހާ ހުތުރުކޮށް ނަޝީދު އެމްޑީޕީއާ ދިމާކޮށްލީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފެއްދި ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމްގައެވެ. އެކަމަކު ޑިމޮކްރެޓްސްގެ ތެރެއިން ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނުފެނުމުން އުނބަށް ޖެހުމަށްފަހު ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ. މިއީ ސިޔާސީ ގޮތުން އެއް ފިކުރެއްގައި ނަޝީދަށް ނުހުރެވޭކަމުގެ ވަރުގަދަ މިސާލެކެވެ. ނަޝީދުގެ މިފަދަ ނިންމެވުންތަކުގެ ސަބަބުން، އޭނާގެ ވަށާ މުގޯލި އަޅަމުން ދިޔަ ސިޔާސީ އަޅުކުދިންވެސް ނަޝީދު މަތިން ފޫހިވެ، އޭނާއާ ދުރަށްޖެހެން ވަނީ ފަށާފައެވެ.

ތަރައްގީގެ ބިޔަ މަޝްރޫއުތަކުގައިވެސް ނަޝީދުގެ ފަރާތުން އިވެނީ ފެން ނުހިފޭ، ދެކޮޅުނުޖެހޭ އަދި އެކި ފަހަރު އެކި ގޮތަށް ބަދަލުވާ ވާހަކަތަކެކެވެ. ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ތާއީދު ކުރައްވާކަން ކޮންމެ ދެނޭވާ ދޭތެރެއަކުން ހާމަކުރަމުން ގޮސް، މިހާރަކަށް އައިސް ރަސްމާލެ މަޝްރޫއުގައި ދައްކަމުންދާ ވާހަކައިގެ ރާގު ވަނީ މުޅިން ބަދަލުވެފައެވެ.

ރަސްމާލެ ފަދަ ބޮޑު މަޝްރޫއެއް ހިންގަން އެންމެ ރަނގަޅީ އައްޑޫ ސިޓީގައި ކަމަށް ބުނެ އެއް ފަހަރު އެ ވާހަކަ އެގޮތަށް ދެއްކުމަށްފަހު މިހާރު އަނެއްކާވެސް ވާހަކައިގެ މިސްރާބު ވަނީ ބަދަލުކޮށްފަ އެވެ. އެމްޑީޕީގެ މަތި ފަނޑީގައި ތިބި ބައެއްގެ ޕްރެޝަރާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށްޓަކައި އާންމު ވޯޓެއް ނަގައިގެން ނޫން ގޮތަކަށް ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށް ނަޝީދު މިހާރު ގެންދަނީ ބުނަމުންނެވެ.

އެއް މަޝްރޫއަކާ ގުޅޭގޮތުން ދެއަގައިން ވާހަކަދެއްކުމަކީ ނަޝީދުގެ ދުރުރާސްތާ ވިސްނުމެއް ނެއްކަން އަންގައިދޭ ހެއްކެކެވެ. މީގެއިތުރުން ނަޝީދު ވާހަކަދައްކަވަނީ އެ ވަގުތަކު ސިޔާސީ މަންފާއެއް ނެގެން އޮތް ގޮތަކަށްކަންވެސް މިކަމުން އެނގި ހާމަވެ އެވެ. އެކަމަކު ދިވެހި ރައްޔިތުންނަކީ ނަޝީދު ތިޔަ ހީކުރާވަރަށް ވުރެ ހޭލުންތެރި ބައެކެވެ.

ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހަވާލުކުރުމުން ނަޝީދު ވަނީ ވެރިކަމުގެ ދައުރެއް ފުރިހަމަކުރުމުގެ ގާބިލްކަން ނެތިގެން ދިވެހި ރައްޔިތުންގެ ކުރިމަތީގައި އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމަކު ޖެހިގެން އައި ދުވަހު އެއީ ބަޣާވާތެއް ކަމަށް ސިފަކޮށް ނަޝީދުގެ އަޅުކުދިން ބޭނުންކޮށްގެން މުޅި ގައުމުގައި ވަނީ ހުޅުޖަހާފައެވެ.

ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވައިގެން، ދިމާވި ސިޔާސީ ޕްރެޝަރުތަކަށް ކެތްނުކުރެއްވި މަގާމު ދޫކޮށްލުމަކީ ރައްޔިތުން ކުރި އިތުބާރަށް ނަޝީދު ބޭވަފާތެރިވުން ކަމަށް އާންމުން ދެކެ އެވެ.

ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބުމާ ގުޅިގެންވެސް ފެނިގެން ދިޔައީ މަޖިލީހުގެ ގަވައިދަށް ބެލުމެއް ނެތި ސްކޫލެއްގެ ޕްރިންސިޕަލެއް ފަދައިން މެންބަރުންނާ މުހާތަބުކޮށް އަދަބު ދެމުންދިޔަ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން، މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުމުން، ވޯޓާ ކުރިމަތިލުމުގެ ބަދަލުގައި މަޖިލީހުގެ ރައީސް ކަމުންވެސް ނަޝީދު ވަނީ އިސްތިއުފާ ދީފަ އެވެ. ދައުލަތުގެ އެންމެ އިސް ދެ މަގާމު ދިވެހި ރައްޔިތުން ހަވާލުކުރުމުން އެ ދެ ފަހަރުވެސް އިސްތިއުފާ ދިނީ އެވެ. ތިމާ ގަބޫލުކުރާ ސިޔާސީ ހަގީގަތުގައި ސާބިތުވުމުގެ ގާބިލްކަން ނެތިގެންނެވެ.

ޖުމްލަގޮތެއްގައި ނަޝީދުގެ ސިޔާސީ ހަޔާތުން ފެންނަނީ މަގާމުތަކުގެ ޒިންމާ އުފުލުމުގައި ގާބިލްކަމެއް ނެތް ކަމާއި މުޅިންވެސް ޅަ އެއްޗެހި އަޅާފައިވާ މަންޒަރެވެ. މީގެއިތުރުން ފެން ނުހިފޭ ވާހަކަ ދެއްކުންވެސް ގިނަވެފައިވާތީ ނަޝީދަކީ އިތުބާރު ހިފޭ، ހަރުދަނާ ލީޑަރެއްގެ ގޮތުގައި ދިވެހި ރައްޔިތުން މިއަދު ބަލައެއް ނުގަނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދު: އެއްވެސް ކަމެއްގައި ސާބިތުކަމެއް ނެތް ދެ އަނގައިގެ ވެރިޔާރިޕޯޓް | ގަޑިއިރެއް ކުރިން''ޓަކާޓަކާ'' މަޅީގައި ޖެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ރޭވުމެއް: ނަޝީދުޚަބަރު | 5 ދުވަސް ކުރިންދިވެހިންގެ ރީތި އާދަތައް ގެއްލުވާލީ އެމްޑީޕީއާއި ނަޝީދުގެ ސިޔާސީ މަންފާއަށްރިޕޯޓް | 8 ދުވަސް ކުރިންސިޔާސީ ބޮޑުންގެ ފައިދާއަށް މަގުމަތި ހަލަބޮލިކުރުން: ގެއްލުން މުޅި ޤައުމަށާއި އާދައިގެ ރައްޔިތުމީހާއަށްރިޕޯޓް | 11 ދުވަސް ކުރިން