logo
MPL

MPL

ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރުގެ ނަން މަޖިލީހަށް

އަޙުމަދު ރަމީޒު
18 ނޮވެމްބަރު 2026 - 07:20
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރުގެ ނަން މަޖިލީހަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއައްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވާން މެދުވެރިވީ، އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކުރިއަށް އޮތް ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަގާމުން ރިޓަޔާކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށްކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި އަލީ ސަމީރުގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އެވެ.

މި މަގާމަށް ކުރިމަތިލެއްވި ދެބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަންކުރެއްވުމަށް ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވީ އިއްޔެ އެވެ.

ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ސަމީރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަން ސަމީރު އަދާކުރެއްވީ މާޗް 26، 2011 އިން އޭޕްރީލް 17، 2022 އަށެވެ.

ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށްފަހު، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ސަމީރު އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ގާޒީ ކަމާއި، މަދަނީކޯޓުގެ އިސް ގާޒީ ކަމާއި، ސިވިލްކޯޓުގެ އިސް ގާޒީ ކަން ވެސް ހިމެނެ އެވެ.

ސަމީރަކީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރު ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރުގެ ނަން މަޖިލީހަށްޚަބަރު | 24 މިނިޓު ކުރިންޕީއެސްއެމުން 1.46 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 7 ދުވަސް ކުރިންދައުލަތުގެ ގޯހަކަށް ފައިސާ ހޯދުން ފަސޭހައެއް ނޫންކޯޓް ރޫމް | 10 ދުވަސް ކުރިންސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ސަމީރުޚަބަރު | 10 ދުވަސް ކުރިން