ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ސަމީރު
8 ނޮވެމްބަރު 2026 - 13:45

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކުރީ އެ ކޯޓުގައި އެންމެ ދުވަސްވީ ފަނޑިޔާރު ކަމަށްވާ އަލީ ރަޝީދު އަންނަ މަހުން ފެށިގެން ފަނޑިޔާރު ކަމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވުމާއެކު ޖޭއެސްސީން އެ ހުށަހެޅުން ގަބޫލުކުރުމުންނެވެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީން މިދިޔަ ހަފްތާ ހުޅުވާލީ މިއަދުގެ ނިޔަލަށެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅަކަށް މަޖިލީހުން ރުހުން ދިނުމުންނެވެ.
ކުރީގެ ފަނޑިޔާރު ސަމީރާއި ފަނޑިޔާރު ރައޫފަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ އެ ބޭފުޅުންނާ ގުޅޭ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމުންނެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ރައޫފް އަލުން ކުރެއްވީ މިއަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
