logo
MPL

MPL

ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރަން ނިންމައިފި

އިޙުސާނާ އިބްރާހީމް
4 ނޮވެމްބަރު 2026 - 11:44
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރަން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ރިޓަޔާކުރައްވަން ނިންމައިފި އެވެ.

ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާވުމަށް އެދިވަޑައިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ރަޝީދު ހުށަހަޅުއްވާފައިވަނީ މިއަހަރު ނިމުމުން ރިޓަޔާކުރެއްވުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލީ ރަޝީދު ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ. އަލީ ރަޝީދަކީ މާލޭގެ ގިނަ ސްޕީރިއާ ކޯޓުތަކެއްގައި ގާޒީކަން ކުރެއްވުމަށްފަހު މީގެ ހަ އަހަރު ކުރިން ސުޕްރީމް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރެއްކެވެ.

ޖޭއެސްސީ އިން މީގެކުރިން ވަނީ އަލީ ރަޝީދާ ދެކޮޅަށް ހުށަހެޅުނު މައްސަލަތަކެއްވެސް ބަލާފަ އެވެ. އެކަމަކު އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެ އެވެ. ޖޭއެސްސީން ނިންމާފައި ވަނީ 01 ޑިސެންބަރު 2026 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު އަލީ ރަޝީދު އެދިވަޑައިގަތް ގޮތަށް ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔާ ކުރެއްވުމަށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރަން ނިންމައިފިޚަބަރު | 3 ގަޑިއިރު ކުރިންކުދިންގެ ގްރޭޑް ކަނޑައެޅެނީ އުމުރަށް ބަލައިގެން: ސުޕްރީމް ކޯޓުކޯޓް ރޫމް | 6 ދުވަސް ކުރިންދައްޕަރުގެ ބްރޯކަރޭޖް ފީގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 9 ދުވަސް ކުރިންނަޝީދުގެ ވަޢުދުން އަލަކާ ސިންގްއަށް 150,000 ޑޮލަރު ނުލިބޭނެ: ސުޕްރީމް ކޯޓުކޯޓް ރޫމް | 18 ދުވަސް ކުރިން