logo
MPL

MPL

ކޯޓް ރޫމް

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް 'އޮނަރަބަލް' ލަގަބު ބޭނުންކުރާގޮތަށް ހަމަޖައްސައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ނޮވެމްބަރު 2026 - 11:01
އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގެ ރައީސް ހުސްނީ ހިމެނޭހެން މަތީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން
އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގެ ރައީސް ހުސްނީ ހިމެނޭހެން މަތީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން

 

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލްގެ ލަގަބު ބޭނުންކުރަންޖެހޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޭއެސްސީން މިއަދު ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރަންވާނީ އެ ބޭފުޅެއްގެ މަގާމުގެ ނަމުގެ ކުރިއަށް "އޮނަރަބަލް" ހިމަނައިގެންނެވެ.

މީގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު، މަގާމުގެ ނަމާއެކު އަލްއުސްތާޒު، އަލްއުސްތާޒާ ނުވަތަ ޑޮކްޓަރުގެ ލަގަބު ބޭނުންކުރަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައި ފާހަގަކޮށްފައިވެ އެވެ. އަދި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޚާތަބު ކުރާއިރު ވެސް މި ލަގަބުތައް ބޭނުންކުރަން ޖެހޭނެ ކަމަށް ޖޭއެސްސީން ވަނީ އަންގައިފަ އެވެ.

މި ބަދަލު ގެނައުމުގެ ކުރިން ޖޭއެސްސީން ހަމަޖައްސާފައި އޮންނަ އުސޫލުގައިވާ ގޮތުން، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން އެހެން ކޯޓުތަކުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު ހިމަނަންޖެހެނީ ހަމައެކަނި އެ ބޭފުޅެއްގެ މަގާމުގެ ނަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް 'އޮނަރަބަލް' ލަގަބު ބޭނުންކުރާގޮތަށް ހަމަޖައްސައިފިކޯޓް ރޫމް | 19 މިނިޓު ކުރިންސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރުގެ ނަން މަޖިލީހަށްޚަބަރު | ދުވަހެއް ކުރިންޕީއެސްއެމުން 1.46 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 8 ދުވަސް ކުރިންދައުލަތުގެ ގޯހަކަށް ފައިސާ ހޯދުން ފަސޭހައެއް ނޫންކޯޓް ރޫމް | 11 ދުވަސް ކުރިން