logo
Bank of Maldives

Bank of Maldives

ޚަބަރު

ރަޙްމަތްތެރި ސީރިޔާގެ ރައީސް ބައްޝާރުލްއަސަދު ޤައުމު ދޫކުރައްވާ ވަޑައިގަންނަވަން ޖެހުމުން ހިތާމަކުރަން: މައުމޫން

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ޑިސެމްބަރު 2024 - 11:54
ސީރިޔާގެ ރައީސް  ޤައުމު  ދޫކުރައްވާ ވަޑައިގަންނަވަން ޖެހުމުން  ހިތާމަކުރަން: މައުމޫން

ސީރިޔާގެ ރައީސް ބައްޝާރުލްއަސަދު ޤައުމު ދޫކުރައްވާ ވަޑައިގަންނަވަން ޖެހުމުން ހިތާމަކުރަށްވާކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައަށް 13 އަހަރަށް ފަހު ބައްޝާރު އާއިލާގެ 54 އަހަރުވީ، ބައަަސް ޕާޓީގެ ވެރިކަން މިހާރު ވެއްޓިފައިވާ ކަމަށް، ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ހަނގުރާމަވެރިންގެ ކޯލިޝަނުން މިއަދު ވަނީ އިއުލާނުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައިނަލްއަގްވާމީ މީޑިއާ ބުނާގޮތުން ސީރިޔާގެ ރައީސް ބައްޝާރުލްއަސަދު ޤައުމު ދޫކުރައްވާ ވަނީ ފިއްލަވާފައެވެ. ނަމަވެސް ވަޑައިގަތްތަނެއް އަދި ސާފެއް ނުވެއެވެ.

މިކަމާއިގުޅިގެން ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ''ރަޙްމަތްތެރި ސީރިޔާގެރައީސް ބައްޝާރުލްއަސަދު ޤައުމު ދޫކުރައްވައި ވަޑައިގަތުމަށްޖެހިވަޑައިގަތްކަމަށްޓަކައި ހިތާމަކުރަށްވާ'' ކަމަށެވެ.

'' އަޅުގަނޑު އެދެނީ އެކުވެރި ސީރިޔާގެއުޚުއްވަތްތެރި ރައްޔިތުންނަށް ސުލްޙަމަސަލަސްކަމާއި އުފާފާގަތިކަން.'' މައުމޫން ވިދާޅުވެފަވެއެވެ.

ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާތާ 13 އަހަރު ފަހުން މީގެ 10 ދުވަސް ކުރިން ހަނގުރާމަވެރިން ހޯދަން ފެށި ކުރިއެރުންތަކާ އެކުގައި އެ ޤައުމުގެ ހާލަތު ވަނީ ބަދަލުވެގެން ގޮސްފައެވެ. އަދި ސީރިއާ ސަރުކާރާ ދެކޮޅަށް ނުކުތް އިސްލާމިކް ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުން ދެ ހަފްތާ ތެރޭ އެތައް ސިޓީއެއް ހިފުމަށް ފަހު ދިމިޝްގަށް އެރީ ސީރިއާގެ ސިފައިންނާއި ކުރިމަތިލާންނުޖެހި، ފަސޭހަކާ އެކުގަ އެވެ.

މި ކުއްލި ބަދަލާ އެކު، ބޮޑުވަޒީރު މުހައްމަދު އަލް ޖަލާލީ ވަނީ ސީރިއާގެ ރައްޔިތުން ހޮވާ ކޮންމެ ލީޑަޝިޕަކަށް އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް އިއުލާނުކުރައްވައިފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޞްރުގެ ދުވަހުގެ އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ދިވެހި ރައްޔިތުން: ރައީސް މައުމޫންޚަބަރު | 3 ގަޑިއިރު ކުރިންމައުމޫނަށާއި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް އައްޑަނަ އެރުވުމަށް ރައީސް ނިންމަވައިފިޚަބަރު | ދުވަހެއް ކުރިންމި ފެށުނީ އިސްލާމީ އައު އަހަރެއްނޫން, ހިޖުރީ އައު އަހަރު: މައުމޫންޚަބަރު | 4 މަސް ކުރިންއެމްޓީސީސީން މައުމޫނާ ދެކޮޅަށް ކުރި ދަޢުވާ އަނބުރާ ގެންގޮސްފިޚަބަރު | 7 މަސް ކުރިން