logo
Bank of Maldives

Bank of Maldives

ޚަބަރު

ނަޞްރުގެ ދުވަހުގެ އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ދިވެހި ރައްޔިތުން: ރައީސް މައުމޫން

ޢައްފާން މުޙައްމަދު
3 ނޮވެމްބަރު 2025 - 14:29
ނަޞްރުގެ ދުވަހުގެ އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ދިވެހި ރައްޔިތުން: ރައީސް މައުމޫން

ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައިގެ ހައްގުވެރި ވެރިންނަކީ، ދިވެހި ރައްޔިތުންކަމަށް މި އައްޑަނަ އަރުވާފައިވާ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވާފައި ވަނީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޮވެމްބަރު 3 ގައި، މި ގައުމަށް ގައްދާރުވި ދިވެހި ޚާއިނުންގެ އެހީގައި އެރި ޕްލޯޓް ޖަމާއަތުގެ މީހުން، ދިވެހި ރަހީނުން ގޮވައިގެން ފިލަން ދިއުމުގެ ފުރުސަތު ބަންދުކޮށް، އިންޑިއާގެ އެހީގައި އެމީހުން ހުއްޓުވީ ރައީސް މައުމޫންގެ ހިކުމަތްތެރި މަސައްކަަތާއެކުއެވެ.

އެމަނިކުފާނު މި ޚިދުމަތަށް ގައުމީ ފެންވަރުގައި އެއްވެސް ނަޒަރެއް ނުހިންގާ 37 އަހަރު ފާއިތުވިފަހުން، އަދުގެ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުން، އެ ޚިދުމަތުގެ އަގުވަޒަންކޮށް ޝަރަފުގެ އައްޑަނަ އެރުވުމާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި ރައީސް މައުމޫން ވަނީ، ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ދެއްވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒަށް އިޚްލާޞްތެރި ޝުކުރެއް އަރިސްކުރައްވާފައެވެ.

އެ ޕޯސްޓުގައި ރައީސް މައުމޫން އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ނަޒަރުގައި މި ފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، އެ ދުވަހު ދިވެހި ރައްޔިތުން ދެއްކި ޤައުމީ ލޯތްބާއި، އަހުވަންތަކަމާއި، ބަދަހިކަމާއި، ޚާއިނުން އުއްމީދުކުރި "އެއްބާރުލުން" ނުދިނުން ވެގެންދިޔައީ، މި ނަޞްރު ހޯދުމުގައި ވަރަށް ބޮޑު މަދަދުގާރަކަށެވެ. ބައެއް މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، އެ ދުވަހު ހާއިނުން ހަތިޔާރާއެކު ގޭގެއަށް ގޮސް، ކާބޯތަކެތި ހޯދަން ކުރި މަސައްކަތަށް ވެސް އާންމު ރައްޔިތުންގެ އެހީތެރިކަމެއް ލިބިފައެއް ނުވެއެވެ. ބަޑި އުންޑައިގެ މަޖުބޫރީ ހާލަތުގައި، މަދު ފަހަރެއްގައި މެނުވީ އެ މީހުންނަށް ފެންތައްޓެއްހައި ހިސާބުވެސް ދިއްކޮށްލާނެ މީހަކު ނުވިކަމަށް އެ ދުވަހުގެ ހާދިސާ ދިރާސާކުރި ބައެއް ފަރާތްތަކުން ބުނެއެވެ.

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެރުވީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާ ގުޅިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ކައުންސިލްތަކެއް އުފެއްދުމަށް ނިންމަވައިފިޚަބަރު | ގަޑިއިރެއް ކުރިންއައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފިޚަބަރު | ގަޑިއިރެއް ކުރިންއަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަލާމަތީ ބާރުތައް ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޮޑު އިސްކަމެއް ޚަބަރު | 7 ގަޑިއިރު ކުރިން''ޤައުމަށްޓަކައި ޤުރްބާންވުމަކީ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއްނޫން''ޚަބަރު | 7 ގަޑިއިރު ކުރިން