logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޓީސީސީން މައުމޫނާ ދެކޮޅަށް ކުރި ދަޢުވާ އަނބުރާ ގެންގޮސްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޭޕްރީލު 2025 - 09:08
އެމްޓީސީސީން މައުމޫނާ ދެކޮޅަށް ކުރި ދަޢުވާ އަނބުރާ ގެންގޮސްފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވުމަށް އެމްޓީސީސީން ކުރި ދަޢުވާ އަނބުރާ ގެންގޮސްފިއެވެ.

2007 ވަނަ އަހަރު ޑީއާރުޕީން ހޯދި ޚިދުމަތްތަކަށް އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ ނުދައްކާ އޮއްވާ އެ ޕާޓީ އުވާލުމާ ގުޅިގެން، ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވުމަށް އެމްޓީސީސީން ދަޢުވާކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިވިލް ކޯޓުން ކުރިން ނިންމާފައި އޮތީ މައުމޫން ޒިންމާ ނުކުރުވޭނެ ކަމަށެވެ. އެމްޓީސީސީން ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެ ކުންފުނިން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ކޯޓަށް އަންގާފައިވެއެވެ.

އެމްޓީސީސން ބުނެފައިވާގޮތުގައި މައްސަލަ އަނބުރާ ގެންދަން ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް އެ ކުންފުނީގެ ވަކީލުންނާއި ކުންފުންޏަށް ޤާނޫނީ ލަފާދޭ އެހެން ވަކީލުންނަށް ވެސް ޤަބޫލު ކުރެވިގެންނެވެ.

މައުމޫންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތަކީ މައުމޫން ނޫން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގި މުޢާމަލާތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން ލާޒިމްކުރާ ކަމެއް ނުހިންގޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޞްރުގެ ދުވަހުގެ އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ދިވެހި ރައްޔިތުން: ރައީސް މައުމޫންޚަބަރު | 3 ގަޑިއިރު ކުރިންމައުމޫނަށާއި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް އައްޑަނަ އެރުވުމަށް ރައީސް ނިންމަވައިފިޚަބަރު | ދުވަހެއް ކުރިންނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 7 ދުވަސް ކުރިންރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް: ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 7 ދުވަސް ކުރިން