logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްތީނަށް ހައްގު ނުލިބުމުގެ އަސްލު ސަބަބަކީ އެމެރިކާގެ ހައްދު ފަހަނާ އަޅާފައިވާ ވީޓޯ ބާރު!

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ސެޕްޓެމްބަރު 2025 - 19:22
އދ.ގެ ލޯގޯ
އދ.ގެ ލޯގޯ

އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ގޮތުގައި އެމެރިކާއަށް ލިބިފައިވާ ވެޓޯ ބާރުގެ ސަބަބުން އިސްރާއީލު-ފަލަސްތީނު މައްސަލަ ހައްލުކުރުމަށާއި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ކުށްތައް ހުއްޓުވުމަށް އ.ދ އަށް ނުކުޅެދިފައިވާ ކަމަށް، އ.ދ. ގެ ކުރީގެ މާހިރެއް ވިދާޅުވެއްޖެއެވެ.

މިކަން ހައްލު ނުކުރެވުމުގެ އަސްލު ސަބަބަކީ 1945 ވަނަ އަހަރު އުފެއްދި އ.ދ. ގެ އޮނިގަނޑު ކަމަށް، އ.ދ. ގެ ކުރީގެ ހާއްސަ ރިޕޯޓަރު، މައިކަލް ލިންކް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އޭގެ ފަސޭހަ ޖަވާބަކީ... 1945 ގައި އުފެއްދި އ.ދ. ގެ އޮނިގަނޑުގެ ސަބަބުން ކަމަށް ބުނެވިދާނެ،" ލިންކް ވިދާޅުވެފަވެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އ.ދ. ގެ އެންމެ މަތީ ނިންމުންތައް ނިންމާ މަޖިލީހެއްގެ ގޮތުގައި ސަލާމަތީ މަޖިލިސް އުފެއްދި ހިނދު، ބާރުގަދަ ގައުމުތަކަށް (އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޗައިނާ އަދި ރަޝިޔާ) ދާއިމީ މެންބަރުކަމާއި ވީޓޯ ބާރު ދިނުމުން، ނިންމުންތައް ބިނާވެގެން ދިޔައީ މި ފަސް ގައުމުގެ މެދުގައި ވާހަކަ ދެއްކުމުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިސްރާއީލު-ފަލަސްތީނު މައްސަލައިގައި، އިސްރާއީލު ހިމާޔަތްކުރުމަށް އެމެރިކާއިން ވަރަށް ފަސޭހައިން 'ވީޓޯގެ ބާރު' ބޭނުންކުރަން ތައްޔާރަށް ތިބިކަން މިހާތަނަށް ފެނިގެންދިޔަ ކަމަށް ލިންކް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، ޣައްޒާގައި ހިނގަމުންދާ ކަންކަމާ ގުޅިގެންވެސް ސަލާމަތީ މަޖިލީހުން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި، ހައްލެއް ނުލިބި ގިނަ އަހަރުތަކެއްވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ލިންކް އިތުރަށް ވިދާޅުވީ، އ.ދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޮފީ އަންނާން އޭނާގެ ހަނދާންތަކުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އެންމެ މުހިންމު އަދި އެންމެ ދިގު މުއްދަތަކަށް ދެމިގެންދިޔަ މައްސަލައެއް ކަމުގައިވާ އިސްރާއީލު-ފަލަސްތީނު މައްސަލައިގައި އ.ދ. އަށް ހައްލެއް ނުގެނެވި ހުއްޓިފައިވަނީ، އެމެރިކާގެ "ހައްދުފަހަނައަޅާފައިވާ" ވީޓޯ ބޭނުންކުރުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން މުޅި ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށް އ.ދ. އަށް ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމަށް މާހިރުން ބުނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނަށް ހައްގު ނުލިބުމުގެ އަސްލު ސަބަބަކީ އެމެރިކާގެ ހައްދު ފަހަނާ އަޅާފައިވާ ވީޓޯ ބާރު!ދުނިޔެ | 12 ގަޑިއިރު ކުރިންފަލަސްތީނުގެ ރައީސަށް ހުއްދަ ނުދިނުމުން ބްރެޒިލް ރައީސް އެމެރިކާއަށް ފާޑުކިޔައިފިދުނިޔެ | 17 ގަޑިއިރު ކުރިންޕޯޗުގަލުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގެންފިދުނިޔެ | 2 ދުވަސް ކުރިންކެނެޑާ، އޮސްޓްރޭލިޔާ އަދި ޔޫކޭ އިން ފަލަސްތީނު ދައުލަތް ބަލައިގެންފިދުނިޔެ | 3 ދުވަސް ކުރިން