logo
Bank of Maldives

Bank of Maldives

ޚަބަރު

"ސިންގަޕޫރު ޙަލާލު އިންޓަރނޭޝަނަލް ސެމިނަރ 2025" އިސްލާމިކް މިނިސްޓްރީން ބައިވެރިވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ސެޕްޓެމްބަރު 2025 - 10:27
ސިންގަޕޫރު ޙަލާލު އިންޓަރނޭޝަނަލް ސެމިނަރގައި ބައިވެރިވާ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސިންގަޕޫރު ޙަލާލު އިންޓަރނޭޝަނަލް ސެމިނަރގައި ބައިވެރިވާ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސިންގަޕޫރުގައި މިމަހު ބޭއްވޭ "ސިންގަޕޫރު ޙަލާލު އިންޓަރނޭޝަނަލް ސެމިނަރ 2025" ގައި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޙަލާލު ސެކްޝަނުން ބައިވެރިވެއްޖެއެވެ.

މި މަހުގެ 24 އިން 25 އަށް ސިންގަޕޫރުގެ ހިލްޓަން ހޮޓަލުގައި ކުރިޔަށްދާ މި ސެމިނަރގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވަނީ ޙަލާލު ސެޓުފިކޭޝަން ޔުނިޓުގެ މުވައްޒަފު  ޝިރާ ޒާހިރު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ ދުވަހުގެ ސެމިނަރގައި ޙަލާލު ގަވަރނަންސްއާއި، ޙަލާލު ސެކްޓަރ ކުރިއެރުވުމަށް ޤައުމުތަކުގެ މެދުގައި ގުޅިގެން ކުރެވިދާނޭ އިސްތިރާޖުތަކާ މެދު މަޝްވަރާކުރެވޭނެއެވެ.

މީގެ އިތުރުން ޙަލާލު ސެކްޓަރގެ މުހިއްމު މަސައްކަތްތައް ބަލައިލުމަށް ޓަކައި ކަމާ ގުޅުންހުރި ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރުން ވެސް ހިމެނެއެވެ.

ޙަލާލު ސެޓުފިކޭޝަނަކީ މުސްލިމު ޤައުމުތަކުގެ މެދުގައި ވިޔަފާރި އާއި ފަތުރުވެރިކަން ކުރިއެރުވުމަށް މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ ސެމިނަރތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޙަލާލު ސެޓުފިކޭޝަން ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް މުހިއްމު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ސިންގަޕޫރު ޙަލާލު އިންޓަރނޭޝަނަލް ސެމިނަރ 2025" އިސްލާމިކް މިނިސްޓްރީން ބައިވެރިވެއްޖެޚަބަރު | 7 ގަޑިއިރު ކުރިންހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފިޚަބަރު | 8 ގަޑިއިރު ކުރިންވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފިޚަބަރު | 12 ގަޑިއިރު ކުރިންޒުވާން ޚަޠީބުންނާއި އިމާމުންގެ ޤައުމީ ކޮންފަރެންސެއް ބާއްވަނީޚަބަރު | 3 ދުވަސް ކުރިން