logo
Bank of Maldives

Bank of Maldives

ޚަބަރު

ވަންދޫ ބަނދަރު ތަރައްގީކޮށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނުހާ އަޙްމަދު
24 ސެޕްޓެމްބަރު 2025 - 14:19
ވަންދޫ ބަނދަރު ތަރައްގީކޮށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް  އެމްޓީސީސީއާ ހަވާލު ކޮށްފި

ތ. ވަންދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކޮޅުމަޑުލުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، ހަލުވިކަމާއެކު މަސައްކަތް ކުރިއަށްގެންގޮސްދެއްވާނެ ކަމަށެވެ.

ވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ ރަށު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި ވަންދޫގައި އޭޓީއެމްގެ ހިދުމަތްވެސް ފަށާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރޭޚަބަރު | ގަޑިއިރެއް ކުރިންބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް މިއަދު ފަށަނީޚަބަރު | 4 ގަޑިއިރު ކުރިންސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވާލައްވައިފިޚަބަރު | 5 ގަޑިއިރު ކުރިން ކަނޑުންނާއި ފަޅުން އެމްޑީޕީން ދިން ގޯތިތައް ބިމަށް، ހުރިހާ ޝުކުރެއް ރައީސް މުޢިއްޒަށްރިޕޯޓް | ދުވަހެއް ކުރިން