logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް މިއަދު ފަށަނީ

އިސްމާޢިލް ރާތިޢު
9 ޑިސެމްބަރު 2025 - 08:36
ފޮޓޯ: މިހާރު
ފޮޓޯ: މިހާރު

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ކަމަށްވާ ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިގެން، ނޯތު ހާބަރަށް ހިމެނޭ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއަދު ފެށިގެންދާ ދެވަނަ ފިޔަވަހީގެ މަސައްކަތުގައި މި ސަރަހައްދުގައި ހިމެނޭ 250 މީޓަރު ތަރައްގީކުރެވިގެންދާނީ ހަތަރު ލޭނަކަށެވެ. އަދި ރޯދައިގެ ކުރިން މި ފިޔަވަހީގެ މަސައްކަތް ނިންމާ، އާންމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އާދީއްތަ ދުވަހުގެ ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ، މިވަގުތު މަގުގެ ބޮޑުބަޔަކީ އެއްކޮޅަށް ދުއްވޭ މަގެއް ނަމަވެސް، ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި މިސަރަހައްދު ތަރައްގީކޮށް، ރޯދައިގެ ކުރިން ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަގަކީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑުވާ މަގުކަން ރައީސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަގުހެދުމުގެ ފުރަތަމަ ފިޔަހީގެ ސެގްމަންޓް އެކެއްގެ މަސައްކަތް ނިންމާ، އިއްޔެ ހަވީރު ވަނީ އާންމު ދަތުރުފަތުރުތަކަށް ހުޅުވާލާފައެވެ. ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ހިމެނޭއިރު، އެ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓުގައި 140 މީޓަރުގެ ސަރަހައްދުގައި ތާރުއަޅާ، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވެއެވެ. މިއީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ.

އެމްޓީސީސީއާ ހަވާލުކޮށްފަވާ މުޅި މަޝްރޫއު ނިމޭއިރު 1088 މީޓަރުގެ ސަރަހައްދެއް ބޮޑުތަކުރުފާނު މަގުން ތަރައްގީކުރާނެއެވެ.
މަގުހެދުމުގެ މަސައްކަތަށް މަގު ބަންދުކުރާއިރު، ޓްރެފިކަށްވެސް ބޮޑެތި ބަދަލުތައް އަންނާނެއެވެ. އަދި އެ ސަރަހައްދުގެ ބަނދަރު ބޭނުންކުރުމުގައިވެސް ބަދަލުތައް ގެންނާނެއެވެ. އެ ބަދަލުތައް ކަމާ ގުޅުންހުރި ފަރާތްތަކުން ހިއްސާކުރަމުންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގު: ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 6 ދުވަސް ކުރިންފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 16 ދުވަސް ކުރިންބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށަނީޚަބަރު | 16 ދުވަސް ކުރިންއެމްޓީސީސީގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް، ސަޢާދާ އިބްރާހިމް އައްޔަންކޮށްފިޚަބަރު | 16 ދުވަސް ކުރިން