logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށަނީ

ޒިދާން މުޙައްމަދު
25 ޖޫން 2026 - 11:06
ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށަނީ

ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަ މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ތާރު އަޅަން ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫއަކީ މާލޭގެ އިރުމަތީ ފަރާތުގެ ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތް

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީން ބުނީ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ތާރު އަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހިސާބަށެވެ. މި ބައިގެ މަސައްކަތް އެއްކޮށް ނިމުމުން، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެއެވެ.

ބައެއް ސަރަހައްދުތައް ބަންދުކުރުން

މި މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ހެންވޭރު ޓާމިނަލުން ފެށިގެން ކާނިވާ ޕާކިން ޒޯނަށް ވަންނަ ސަރަހައްދު ވަގުތީގޮތުން ބަންދުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް މަގު ބަންދުކުރި ނަމަވެސް، ކާނިވާ ސަރަހައްދުގައި ހުންނަ ޕާކިން ޒޯނުގައި ވެހިކަލް ޕާކުކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މަޝްރޫއުގެ ކުރިއެރުމާއި ނިންމާލާނެ ތާރީޚު

މި މަޝްރޫއުގެ ފޭސް އެކެއްގެ ދަށުން ކުރަންޖެހޭ ނަރުދަމާ އާއި ފެން ލައިނާއި މައި ފެން ހޮޅިލުމުގެ މަސައްކަތްތަކުގެ އިތުރުން، ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަނުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި މަގުގެ ޕޭވްމަންޓުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ސެގްމެންޓް 2 އަކާއި 3 ގެ މަސައްކަތްތަކެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ "އެ މަގުގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ ޖުލައި 26 ގެ ކުރިން އާންމުންނަށް ހުޅުވާލާނެ" ކަމަށެވެ. މި މަޝްރޫއަކީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށަނީޚަބަރު | ގަޑިއިރެއް ކުރިންއެމްޓީސީސީގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް، ސަޢާދާ އިބްރާހިމް އައްޔަންކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންމާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށްވިޔަފާރި | 7 ދުވަސް ކުރިންހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ބައެއް ލަފާފުރުމަށް ހުޅުވާލައިފިޚަބަރު | 14 ދުވަސް ކުރިން