logo
Bank of Maldives

Bank of Maldives

ޚަބަރު

ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ބައެއް ލަފާފުރުމަށް ހުޅުވާލައިފި

އައިޝަތު ނަޝާ
11 ޖޫން 2026 - 06:18
ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ބައެއް ލަފާފުރުމަށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރަައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާރު ބަންދުކޮށްފައި އޮތް ސަރަހައްދު ކައިރީ ބަނދަރަށް ފެރީ ލެފޭ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފިއެވެ. 

އެމްޓީސީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޕޯސްޓު އޮފީހާއި ބާސެލޯ ނަސަންދުރައާ ދެމެދުގައިވާ ޖެޓީ ސަރަހައްދަށް ފެރީ ލަފައި، ފަސިންޖަރުން އެރުމަށާއި ފޭބުމަށް ވަގުތީ ގޮތުން ހުއްދަދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. ވެ. މީގެ ކުރިން ހެންވޭރު ޓާމިނަލުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް އޮތް ސަރަހައްދު އޮތީ މަސައްކަތަށްޓަކައި އެއްކޮށް ބަންދުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ޖެޓީ ސަރަހައްދު ލަފާފުރުމަށް ހުޅުވާލި ނަމަވެސް، އެ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގަކީ އަދިވެސް އަމަލީ މަސައްކަތް ހިނގަމުންދާ ތަނަކަށްވާތީ، އާންމު އުޅަނދުފަހަރަށް އެ މަގު އަދި ހުޅުވައެއް ނުލައެވެ. އެހެންކަމުން، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ރައްކާތެރިވުމަށާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ މުވައްޒަފުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ކުރިއަށްދަނީ މި ސަރަހައްދު ހިމެނޭހެން މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ތާރުއެޅުމާއި މަގު ފުޅާކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާއިރު އެ ސަރަހައްދުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ދުވާރު ފުޅާކޮށް، މަގުގައި ހަތަރު ލޭނު ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 4 ދުވަސް ކުރިންއެމްޓީޑީސީގެ ޗެއާމަންގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިޚަބަރު | 11 ދުވަސް ކުރިންހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގަން އެމްޓީސީސީއަށްޚަބަރު | 17 ދުވަސް ކުރިންއަމީނީމަގު މަރާމާތުގެ ފުރަތަމަ ސެގްމަންޓްގައި ތާރު އަޅަން ތައްޔާރުވެއްޖެޚަބަރު | 23 ދުވަސް ކުރިން