logo
Bank of Maldives

Bank of Maldives

ވިޔަފާރި

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށް

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށް

މާލޭ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފަށައިފިއެވެ.

އެކަމަށްޓަކާ ޖޫން 18 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭ ޓެކްސީލައިންގެ ޚިދުމަތަކީ، މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކުގެ ތެރެއިން ޓެކްސީ ނުލިބުމުގެ މައްސަލަ އަށް ހައްލެއް ހޯދާދެއްވުމުގެ މަގްސަދުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެކު، ސަރުކާރުން ފަށާފައިވާ ޚިދުމަތެކެވެ.

ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާނީ އެކަމަށް ޚާއްސަކޮށް ގެނެސްފައިވާ ތިމާވެއްޓާއި ރައްޓެހި އުޅަނދުތައް ބޭނުންކޮށްގެންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

24 ގަޑި އިރު މެދުނުކެނޑި ޚިދުމަތް ލިބޭ ގޮތަށް ކުރިއަށްގެންދާ މާލޭ ޓެކްސީލައިންގެ ޚިދުމަތް މާލެ އާއި ހުޅުމާލޭގައި، އެޕްރިލް މަހުގެ 2ވަނަ ދުވަހު ވަނީ ފަށާފައެވެ. އެމްޓީސީސީގެ އެމްޑީ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ވަރަށް ބޮޑަށް ލުއި ވެގެންދާނެ ކަމަށެވެ. އަދި މާލޭ ޓެކްސީ ލައިނަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަންގެ އިތުރުން، ޓެކްސީ ހޮޓްލައިން '1655' އަށް ގުޅައިގެން ފޯނުގެ ޒަރީއާއިން، ޓެކްސީގެ ޚިދުމަތަށް އެދެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ހަނި ގޯޅިތަކަށް ބައެއް އުޅަނދުތަކަށް ނުވަދެވެމަކީ ވިލިމާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށް ފާހަގަކުރައްވާ ވިދާޅުވީ ވިލިމާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފަށާފައި ވަނީ އެ ކަމަށް ހައްލު ލިބޭ ފަދަ އިންތިޒާމްތަކަކާއި އެކުގައި ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދާ ފެރީގެ ޚިދުމަތް ވަގުތީގޮތުން ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންމަގު ހެދުމުގެ މަސައްކަތް ނިމެންދެން R11 ރޫޓުގެ ބަހުގެ ހިދުމަތް މެދުކެނޑޭނެޚަބަރު | ދުވަހެއް ކުރިންއަމީނީމަގު މަރާމާތު ކުރުމަށް ސާވޭ ކޮށްފިޚަބަރު | 7 ދުވަސް ކުރިންރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އަޅަން ހަވާލުކޮށްފިޚަބަރު | 9 ދުވަސް ކުރިން