logo
MPL

MPL

ޚަބަރު

އަމީނީމަގު މަރާމާތުގެ ފުރަތަމަ ސެގްމަންޓްގައި ތާރު އަޅަން ތައްޔާރުވެއްޖެ

އަޙުމަދު ރިޝާން
27 އޯގަސްޓު 2026 - 07:34
އަމީނީމަގު މަރާމާތުގެ ފުރަތަމަ ސެގްމަންޓްގައި ތާރު އަޅަން ތައްޔާރުވެއްޖެ

 

އަމީނީމަގު މަރާމާތުކުރާ ސަރަހައްދުގެ ސެގްމަންޓް 1 ގައި ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތް ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ފުރަތަމަ ސެގްމަންޓްގެ ގޮތުގައި މަރާމާތުކުރަމުންދަނީ ފުޑްކޯޓްތަކުން ފަށައިގެން، ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހަދެވެ. މިހާރު ކުރިއަށްދަނީ މަގުގެ އަޑީގައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގެ މަސައްކަތެވެ. އަދި ސަބްބޭސް މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާއިރު، ތާރުއެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް މިއަދު ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

 

View post on Twitter

 

މި މަސައްކަތްތަކަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފަ އެވެ.

ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށްފަހު، ދެން ކުރިއަށްދާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ގިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތެވެ. އަދި މުޅި މި މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒުހިފާފައެވެ. މީގެއިތުރުން، އަމީނީ މަގު މަރާމާތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ތާރުއަޅާފައިވާ ސަރަޙައްދުތަކުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 4 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 7 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 8 ދުވަސް ކުރިންއަމީނީ މަގު: ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީޚަބަރު | 14 ދުވަސް ކުރިން