logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރޭ

ޢައްފާން މުޙައްމަދު
9 ޑިސެމްބަރު 2025 - 11:46
ރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރޭ

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަތުގެ ތެރެއިން ފަސްވަނަ ބައްދަލަވުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރޭ ބާއްވަން ތާވަލުކޮށްފިއެވެ.

ގަކޮޅަށް ނިސްބަތްވާ މާލެ ރައްޔިތުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ ރަށްވެހިންނަށް އަމާޒުކޮށްގެން ބާއްވާ މި ބައްދަލުވުން އޮންނާނީ މި މަހުގެ 16 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި އިމާދުއްދީން ސްކޫލުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޖަލްސާއަށް ވަޑައިގެންދެއްވުމަށް ސަރުކާރުންވަނީ ގަލޮޅުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަން ރައީސް ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" މިނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް ވަރަށް އަވަހަށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމެވުމާ އެއްގޮތަށް ބޭއްވި ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ވިލިމާލެ ރައްޔިތުންނާއެކުގައެވެ. ދެވަނަ ބައްދަލުވުން މައްޗަންގޮޅީ ރައްޔިތުންނާއެކު ބާއްވާފައިވާއިރު ތިންވަނަ ބައްދަލުވުން ބާއްވާފައިވަނީ މާފަންނު ރައްޔިތުންނާއެކުގައެވެ. އަދި އާދިއްތަ ދުވަހުގެރޭ ރައީސް ވަނީ މި ސިލްސިލާގެ ފަސްވަނަ ބައްދަލުވުމުގައި ހެންވޭރުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާ މުޢިއްޒު ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | 17 ގަޑިއިރު ކުރިންފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިންރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މިއަހަރު ވެސް އޮންނާނެޚަބަރު | 2 ދުވަސް ކުރިން