logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 މާރިޗު 2026 - 01:51
ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި 2026 މާރިޗު 13 ވީ ހުކުރު ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު ނިޔާވުމުގެ އިތުރުން، އެ ގައުމުގެ އިތުރު ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މި ހާދިސާގެ ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަން ހާމަކުރެއްވިއެވެ. އަދި މި ދަތި ދަނޑިވަޅުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތައުޒިޔާ ރައީސް ވަނީ ރައްދުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ރައްޔިތުން ތިބީ މި ހާދިސާގައި އަސަރުކުރި އާއިލާތަކާ އެކުގައި ކަމުގެ ޔަގީންކަން ދެއްވައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ތަރައްގީގައާއި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ އަގުނުކުރެވޭ މުހިންމު ދައުރު ފާހަގަކުރައްވައި، މި ލިބުނު ބޮޑު ހިތާމައިގައި ދިވެހިން ބައިވެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާ މުޢިއްޒު ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | 15 ގަޑިއިރު ކުރިންފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިންރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މިއަހަރު ވެސް އޮންނާނެޚަބަރު | 2 ދުވަސް ކުރިން