logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލްއިން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރަނީ

ނުހާ އަޙްމަދު
25 ސެޕްޓެމްބަރު 2025 - 06:47
އެމްޕީއެލްއިން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރަނީ

 ހުޅުމާލެ ޓާމިނަލްއިން މުދާ ދޫކުރަމުންދާ އުސޫލު މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނީ، އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރެވޭނީ، އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މިކިޔުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކިއު ތައާރަފްވުމާއެކު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއާކުރެވޭނީ މިކިޔުގެ ތެރެއިން ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. މިބަދަލާއެކު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއާ ކުރުން އަވަސްވެ، އާންމުންނަށް ދެވޭ ހިދުމަތަށް އިތުރަށް އަވަސް ވެގެންދާނޭކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން ވަނީ މިކިއުގައި ބައިވެރިކުރުމަށް ބަލާނެ މިންގަނޑުތައްވެސް އާންމުކޮށްފައެވެ. އެގޮތުން މާލެ ކޮމާޝަލް ހާބާ ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރަޖިސްޓްރޭޝަން ފޯމާއެކު އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަންޖެހެއެވެ. އަދި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތަކީ އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލުކުރެވިފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ.

މީގެއިތުރުން މިކިއުގައި ބައިވެރިވުމަށް ވެހިކަލްގެ ވެރިފަރާތަކީ ދިވެއްސަކަށް ވާންޖެހެއެވެ. އަދި އޭ ޒޯންގައި ރަޖިސްޓްރީކުރެވިފައިވާ ވެހިކަލްއަކަށް ވާންޖެހުމާއި ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލްތަކަކަށްކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން އަންނަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުމަތިކޮށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 12 ގަޑިއިރު ކުރިންވަގަށް އެތެރެކުރި ސިނގިރޭޓު ގެއްލުނު މައްސަލަ ތަހުގީގުކުރަން ފަށައިފިޚަބަރު | 5 ދުވަސް ކުރިންއެމްޕީއެލްއިން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރަނީޚަބަރު | 19 ދުވަސް ކުރިންއެމްޕީއެލްގެ ކޯޕަރޭޓް މެގަޒިން "އުޅަނދު ޖަރނަލް" ލޯންޗުކޮށްފިޚަބަރު | 22 ދުވަސް ކުރިން